މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލާ ގުޅިގެން ބަކަރި ގެންގުޅެން ޝައުޤުވެރިވާ ފަރާތެއް ހޯދުން

އިޢުލާން

 

މި ކައުންސިލާ ގުޅިގެން ބަކަރި ގެންގުޅެން ޝައުޤުވެރިވާ ފަރާތެއް ހޯދުން

 

މި ކައުންސިލް އާއި ގުޅިގެން މިރަށުގައި ބަކަރި ގެންގުޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތަކަށް މިކައުންސިލް އިން 3 ބަކަރިއާއި 1 ގިތެޔޮ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް އާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

މިމަސައްކަތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު، ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ.

‏24‏ ރަމަޟާން‏ 1440

29 މޭ 2019
ހޯދާ