ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާނު

ޕްރޮޖެކްޓް އޮފިސަރ

މަޤާމް:

J265906

މަޤާމުގެ ނަންބަރު:

1

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް އެސް 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިކޮނޮމިކް ޑިވެލޮޕްމެންޓް

ސެކްޝަން / ޔުނިޓް:

މަހަކު 5610/- ރުފިޔާ

މުސާރަ:

މަހަކު 2000/- ރުފިޔާ

ސަރވިސް އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދައުލަތުން ޚަރަދުކުރާގޮތަށް ހިންގާ ޑްރެއިނޭޖް ޕްރޮޖެކްޓާއި މަގުތަކުގައި ތާރު އެޅުމުގެ ޕްރޮޖެކްޓްގެ އެންމެހައި ކަންކަން އެޕްރޮޖެކްޓްތައް ހިންގަވާ މުވައްސަސާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ހިންގައި ބަލަހައްޓައި ވެރިންނަށް ރިޕޯޓް ކުރުން.
  2. ކައުންސިލްގެ ތަރައްގީ ޕްލޭނަށް ރިޢާޔަތްކޮށް ހިންގަމުން ގެންދާ ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓާއި އަދި ތިނަދޫގެ ރަސްމީފާލަން ބިނާކުރުމުގެ ޕްރޮޖެކްޓްގެ އެންމެހައި ކަންކަން ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި ޤާނޫނާއި އެއްގޮތަށް ހިންގައި ބަލަހައްޓައި ވެރިންނަށް ދުވަހުން ދުހަށް ރިޕޯޓް ކުރުން.
  3. ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ރަށު ތަރައްޤީގެ ޕްލޭން އަތޮޅު ކައުންސިލާއި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ އަށް ފޮނުވުން އަދި ކުރިޔަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރުމުގެ ކުރިން ރަށު ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް އެކްޝަން ޕްލޭން ތައްޔާރުކޮށް އަތޮޅު ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
  4. ޤަބުރުސްތާނުގެ ހިނަވާގެ މަރަމާތުގެ މަސައްކަތު ޕްރޮޖެކްޓް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއި، ޕްރޮޖެކްޓްގެ މަސައްކަތް ދުވަހުން ދުވަހަށް ސުޕަރވައިޒް ކުރުން.
  5. ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ތިނަދޫ އާބާދީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތުގެ ޕްރޮޖެކްޓް ހިންގުމާއި އެ ޢިމާރާތް އެއަރކަންޑިޝަން ކުރުމުގެ މަސައްކަތް ކުރުމުގެ ޕްރޮޖެކްޓް ހިންގުމުގައި ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތިން ޕްރޮޖެކްޓް ރާވައި ހިންގުމާއި ޕްރޮޖެކްޓްގެ ކަންތައްތައް ހިނގާ ގޮތުގެ މަޢްލޫމާތު ސުޕަރަވައިޒަރަށް ރިޕޯޓް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

 

މަޤާމުގެ ޝަރުޠުތައް:                                   

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން

 ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު
  •  އަދި އިންޓަރވިއު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13   ޖޫން 2019 ގެ 13:00 ގެ ކުރިން، ތިނަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް ((6841018 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއޮންނާނީ، 17 ޖޫން 2019 އާއި 25 ޖޫން  2019 އާ ދެމެދު، ތިނަދޫ ކައުންސިލްގެ އިދާރާ ގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842596 / 6841760 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6841018 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

28 މޭ 2019
ހޯދާ