ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި އަދި މަރުކަޒުގެ ގޮފި ތަކުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދުމަށް

އިޢުލާން

 

   ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި އަދި މަރުކަޒުގެ ގޮފި ތަކުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދުމަށް ބޭނުންވެއެވެ.

މުސާރަ:  

އެމް. އެން. ކިޔު. އެފް ލެވެލް 5 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/150 ރުފިޔާ

އެމް. އެން. ކިޔު. އެފް ލެވެލް 7 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ

އެމް. އެން. ކިޔު. އެފް ލެވެލް 9 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

 

ޝަރުޠު:    

ޢަރަބި، އިސްލާމް އަދި އިސްލާމީޘަޤާފާއާ ގުޅުންހުރި ދާއިރާއަކުން އެމް. ކިޔު. އޭ ލެވެލް 5 ންފެށިގެން މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން .

 

ކިޔަވަދޭންޖެހޭ މާއްދާތައް:

ތަޤްނިޔާތުއްތަޢުލީމް (އެޑިއުކޭޝަން ޓެކްނިކްސް)

އަލްބަޙްޘުލް ޢިލްމީ (ރިސާޗް) 

އައްތަރުބިޔާ އަލްޢަމަލިއްޔާ (ޕްރެކްޓިކަލް އެޑިއުކޭޝަން)

އިސްލާމީ ޘަޤާފާ

އަލްޤިޔާސް ވައްތަޤްވީމް ( އެސަސްމަންޓް އެންޑް އިވެލުއޭޝަން)

ކޮމްޕއުޓަރ

ކީރިތިޤުރްއާނުގެ ޢިލްމީ މުޢްޖިޒާތް

 

މަސައްކަތްކުރަންޖެހޭތަން:

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި އަތޮޅު ތެރޭގައި ހުންނަ މަރުކަޒުގެ ގޮފިތައް.

 

 

ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން، ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ (އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒާއި، ގޮފިތައް ނިސްބަތްވާ ކައުންސިލް ތަކަށް ސިޓީފޮނުއްވުން އެދެމެވެ.

28 މޭ 2019
ހޯދާ