މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤަވާޢިދާ ޚިލާފަށް މާލޭގެ އެކިސަރަހައްދުތަކުގައި ބަހައްޓާފައި ހުރުމުގެ ސަބަބުން ނެގިފައިވާ ތަކެއްޗާ ބެހޭ
ނަންބަރު: (IUL)425-B6/1/2019/34
އިޢުލާން
ޤަވާޢިދާ ޚިލާފަށް މާލޭގެ އެކިސަރަހައްދުތަކުގައި ބަހައްޓާފައި ހުރުމުގެ ސަބަބުން ނެގިފައިވާ ތަކެއްޗާ ބެހޭ.
މާލޭ މަގުތަކާއި، އާންމުތަންތާންގައި ޤަވާޢިދު ނަމްބަރ 2017/R-64 އާއި،ޚިލާފަށް ބަހައްޓާފައި ހުރުމުގެ ސަބަބުން މިކައުންސިލަށް ނެގިފައިވާ ތަކެއްޗާއި ،ގާޑިޔާ ހިންގުމުގެ އެއްބަސްވުމާއި ޚިލާފުވެގެން ނެގިފައިވާ ގާޑިޔާތައް މިއަދުން ފެށިގެން 05 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ ޖޫރިމަނާ ދެއްކެވުމަށް ފަހު އެތަކެތީގެ ވެރިފަރާތުން ތަކެތި ގެންދިއުމަށް އަންގަމެވެ.
މިމުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު މަތީގައި ދެންނެވިފައިވާ ޤަވާޢިދުގެ 21 ވަނަ މާއްދާގެ ( ރ ) ގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ކަން އަންގާ ޢާންމުކޮށް ޢިއުލާނުކުރީމެވެ.
15 ރަމަޟާން 1440
20 މެއި 2019
23 މޭ 2019
ހޯދާ