ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާދިނުން

އިޢުލާން ނަންބަރ: GS-171/IUL/2019/16

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިސްކޫލްގެ (ނަންބަރު: GS-171/IUL/2019/15/ ތާރީޚް: 22 މެއި 2019) ޢިއުލާނާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވަނީ ދެފަރާތަކުން ކަމަށްވާތީއާއި، ބީލަން ފޮތަށް އިސްލާހުތަކެއް އައިސްފައިވުމާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން މިފުރުޞަތު ހުޅުވާލުމަށް އިޢުލާންކުރީމެވެ.

 

 1.      މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 2.      މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 27 އިން 2019 މެއި 29 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 3.      މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 4.      މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 5.      ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 3 ވާ  ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 6.      މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 7.      މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 8.      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

          ކެފޭ، ރެސްޓޯރެންޓް ގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތީން ބީލަމުގައި ބައިވެރިވެވޭނެ ވާހަކަ ދެންނެވީމެވެ.

ހުޅުދެލީ ސްކޫލް

ދ. ހުޅުދެލި

ފޯން: 7952918

އީ-މެއިލް: [email protected]

 

27 މޭ 2019
ހޯދާ