ދިވެހިރާއްޖެ
146-A1/2019/99:ނަންބަރު
އިޢުލާން
މަޤާމު: |
ކައިވެނީގެ ރަޖިސްޓްރަރ |
ބޭނުންވާ އަދަދު : |
01 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ކައިވެނީގެ ރަޖިސްޓްރަރ |
މަޤާމުގެ ރޭންކް: |
އެލް.އެސް.04 |
މަސައްކަތްކުރަންޖެހޭ ތަން: |
ފެމިލީކޯޓު / ކައިވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާބެހޭބައި |
މަޤާމުގެ އަސާސީ މުސާރަ: |
މަހަކު 10922.00 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ. - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ. - ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 (މަހަކު)، - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަޤާމުގެ އަސާސީ ޝަރުތު: |
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ޑެޕިއުޓީ ލީގަލް އޮފިސަރ- އެލް.އެސް-3 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަދި ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ޑެޕިއުޓީ ލީގަލް އޮފިސަރ- އެލް.އެސް-3 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކޯޓަށް ހުށަހެޅޭ ކައިވެނިތަކާއި ގުޅިގެން ޤަވާޢިދުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެކަންކަން ބެލެހެއްޓުން. - ކައިވެނިކުރަން އެދޭ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުން. - ކުރެވޭ ކައިވެނިތައް ދުވަހުން ދުވަހަށް ރަޖިސްޓްރީކުރުން. - ދެއަންބަށް ކައިވެނިކުރުމަށް އެދި ހުށަހަޅާ މީހުންނާއި ދިވެހިންނާއި ކައިވެނިކުރަން އެދޭ ބިދޭސީންގެ ކިބައިގައި ޝަރުޢީ އަދި ޤާނޫނީގޮތުން ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމާއި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. - ކޮންމެ ދުވަހަކު ކޮށްދޭ ކައިވެނި ދަފްތަރުގައި ލިޔެ ބެލެހެއްޓުމާއި އަދި ކޮންމެ ދުވަހަކު ސާބިތުކުރެވޭ ވަރި ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށް ވަރީގެ ދަފްތަރު ބެލެހެއްޓުން. - ކައިވެންޏާއި ވަރީގެ ސެޓްފިކެޓް ހެއްދުމާއި ދޫކުރުމުގެ ކަންތައް ބަލަހައްޓާ އެކަންތައް ހަމަޖެއްސުން. - ކައިވެންޏާއި ވަރީގެ ރެކޯޑްތަކުގެ ތަފާސްހިސާބު ބެލެހެއްޓުން. - ކައިވެންޏާއި ވަރިއާގުޅޭގޮތުން އާންމުންނަށް މަޢުލޫމާތުދީ ހޭލުންތެރިކުރުމުގެ ކަންތައް ހިންގާ ބެލެހެއްޓުން. - ދުވަހު ކައިވެނީގެ ތާވަލު ތައްޔާރުކުރުމާއި ކައިވެނި ޢަޤްދުކޮށްދޭނެ ޝަރުޢީ މައުޛޫނުންގެ ތާވަލު ހަމަޖެއްސުން. - ޢާއިލާއާބެހޭ ޤަނޫނާއި ޤަވާޢިދުގައި ކައިވެނީގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ އެހެނިހެން ކަންކަން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް: |
- އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން. - މުޢާމަލާތު ކުރުމުގެ ހުނަރު. - އެޓިޓިއުޑް . - ދިވެހި ބަހުން ތަކެތި ލިޔުމާއި ޖުމްލަ ހަމަޖެއްސުމުގެ ހުނަރު. - ރިޕޯޓް ލިޔުމުގެ ހުނަރު. - ވާހަކަ ދެއްކުމުގެ ހުނަރު. - ޓީމް ވޯކް. - އިސްނެގުން. - މައްސަލަ ހައްލު ކުރުމުގެ ޤާބިލުކަން ހުރި މިންވަރު. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މިންވަރު. - ދީނީ ނަސޭޙަތްދިނުމުގެ ހުއްދަ އޮތުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލް އިން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، މަޤާމުގެ ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ސުންގަޑި: |
09 ޖޫން 2019 ގެ 12:30 ގެ ކުރިން |
އިތުރު މަޢުލޫމާތު: |
- ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ. - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. - ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |