މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ

އަސާސީ މުސާރަ:

9،000 ރުފިޔާ އާއި 10،500.00 ރުފިޔާ އާއި ދެމެދު~

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓު ލެވެލް ކޯހެއް ޙާޞިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމްގެ މަސްއޫލިއްޔަތުތައް

  • ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ވެއަރހައުސް އަށް ބޭނުންވާ މުދާ ހޯދުމަށް ބޭނުންވާ ކަންކަން ހެޑް އޮފީހާއި ގުޅިގެން ކުރުން.
  • ވެއަރހައުސްގެ މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުން
  • އިންވެޓްރީ ލެވެލް ކޮންޓްރޯލްކޮށްބެލެހެއްޓުން، ޤަވަޢިދުން އިންވެންޓްރީ ގުނުމުގެ މަސައްކަތްރާވާހިންގުން
  • ފިޒިކަލް މުދަލާއި ސިސްޓަމްގެ ރެކޯޑްސް އާއި ދިމާވޭތޯ ޗެކްކޮށް ބެލެހެއްޓުން
  • ގޯސްކޮށް ޑެލިވަރީ ހެދޭ މުދަލާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅައި އެފަދަ މުދާތައް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރުން.

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

ނ. ހުށަހަޅާ ޕްރެޒެންޓޭޝަން.

ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ބ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.

ޅ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.

ކ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.                            

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

- އިންޓަރވިއު -------------%20

-  ޕްރެޒެންޓޭޝަން------------%30

-  ތަޢުލީމީ ފެންވަރު----------%20

-  މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

-  ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް.

-  އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

-  ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  02 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.  

 

 

-  ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

 

27 މޭ 2019
ހޯދާ