ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަޟާންމަހަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޢަރަބި ޤައުމުތަކުން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ؛

1440 ވަނަ އަހަރުގެ ރަޟާންމަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ޢަރަބި ޤައުމުތަކުން ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން މިކައުންސިލަށް ދޫކުރި ކަދުރުތައް، ތިރީގައިވާ ގޮތުގެމަތިން ބެހުމަށްވަނީ ހަމަޖެހިފައެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ހަމަޖައްސާފައިވާ އުޞޫލާއި އެއްގޮތަށް، 2018 (1439) ވަނައަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދޭ އުޞޫލުންނެވެ. އަދި ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުންނެވެ.

2019 (1440) ވަނަ އަހަރު ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 2019 މެއި 26 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 އިން 12:00 އަށް މިއިދާރާއިންނެވެ.

ވީމާ، 2018 (1439) ވަނައަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ގޭބިސީތަކުން މިއިދާރާއަށް ދުރުވެ ކަދުރު ގެންދެވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 މޭ 2019
ހޯދާ