މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މިއީ މިކަމަށް ކުރެވޭ 2 ވަނަ އިއުލާނެވެ.
- މިމަސައްކަތަށް ކުރެވުނު ނަމްބަރ IUL)GS-51-Dpt-101/INDIV/2019/13) އިއުލާނާއި ގުޅިގެން އަގުހުށަހެޅުމަށް ޙާޟިރުވި ފަރާތްތައް މަދުކަމުން އެއިއުލާނު ބާތިލް ކުރީމެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 26 އިން 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 28 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 28 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 02 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޕްރޮގްރާމުގައި ބައިވެރިވުމަށް ނަންނޯޓް ކުރައްވާ ފަރާތްތަކަށް މިމަދަރުސާގެ އިދާރާއިން ދޫކުރާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
- ފޯން: 6620009
އީމެއިލް:[email protected]
23 މޭ 2019
ހޯދާ