ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމް: މަސައްކަތު
މަޤާމުގެ ނަމްބަރ: J- 308703 J- 308707 ,J- 308706 ,J- 308705 ,J- 308704 ,
މަޤާމުގެ އަދަދު: 5
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސްއެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ތ. ކިނބިދޫ (ކިނބިދޫ މިސްކިތްތައް)
މުސާރަ: -/3100 ރުފިޔާ (މަހަކު)
ސަރވިސް އެލަވަންސް: -/1000 ރުފިޔާ (މަހަކު)
އެހެނިހެން އެލަވަންސް:
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1200 ރުފިޔާ (މަހަކު) ލިބޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- މިސްކިތުގެ އެތެރެ ފޮޅައި ސާފުކޮށް މޮޕް އެޅުމާއި މުސައްލަ އަޅައިދިނުމާއި، ނަމާދަށް އަންނަ މީހުންނަށް ފަސޭހަވާނޭހެން މިސްކިތުގެ ދޮރުތައްހުޅުވައި ފަންކާތަކާއި ބޮކިތައް ދިއްލައި މިސްކިތް ތައްޔާރުކޮށް ބެލެހެއްޓުމާއި، ނަމާދުކޮށް އަވަދިވެގެން މީހުން ހުސްވެއްޖެނަމަ ދޮރުތައް ލެއްޕުމާއި ސްވިޗްތައް އޮފްކޮށްލުން.
- މިސްކިތުގެ ކުޑަދޮރުތަކާއި ފަންކައިތަކާއި ތަނބުތަކާއި ސީލިންގ ފަދަ ތަންތަން ފުހުމާއި، އަލަމާރިތަކާއި ރެކުތަކާއި މިންބަރާއި ގޮނޑިތައް އަދި ސައުންޑް ސިސްޓަމްއާއި ސްޕީކަރުތައްފަދަތަކެތި ފުހެ ސާފުކޮށް ބެލެހެއްޓުމާއި ފާޚާނާތަކާއި އިސްކުރުބަރިއާއި ކާނުތައް ސާފުކޮށް ބެލެހެއްޓުން
- މިސްކިތުގެ ބޭރު ދުވާރުގެ ފެހަކައި ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ފާރުތަކާއި ގޯތީގެ މަގުފާރުގެ ދެފަރާތު ފާރު ދޮވެ ފެހަކައި ސާފުކޮށް ބެލެހެއްޓުން
- މިސްކިތުގެ ގޯތީގެ އެތެރެއާއި ބޭރު މަގު ކުނިކެހުމާއި، ކުނިއުކުމާއި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ޗަކަވެ ފެންހެދޭ ތަންތަން ފެންނެހެދޭނޭހެން ވެލިގަނޑު އަޑިގުޑަން ނުހުންނާނޭހެން އެއްވަރުކޮށް ބަލަހައްޓަމުން ގެންދިއުން.
- މިސްކިތުގެ ގޯތީގައި ހިމެނޭ އެންމެހާ ފާރުތަކާއި ޢިމާތާތްތަކާއި ތަންތަނާއި ތަކެއްޗާއި، މިސްކިތު ޢިމާރާތުގެ އެތެރެއާއި ބޭރާއި، އެތަންތާގައި ހިމެނޭ އެންމެހާ ތަންތަނާއި ތަކެތި ފުހެ ސާފުކޮށް ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދިއުމާއި، އަދި މިއިން އެއްޗަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވެއްޖެނަމަ ނުވަތަ ގެއްލުމެއް ވެދާފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއް ދިމާވެއްޖެ ހިދެއްގައި ސްޕަވައިޒަރުގެ ސަމާލުކަމަށް އެކަން ގެނައުން.
- މިސްކިތުގައި ކުރަންޖެހޭ ކުދި މަރާމާރުތައް ކޮށް މިސްކިތް ބެލެހެއްޓުން (ކަރަންޓްމަރާމާތު ކުރުން، ކުލައާއި ދަވާދުލުން ފަދަ މަރާމާތުތައް)
- މިސްކިތުގެ ގޯތީގައި ބަގީޗާ ގަހާއި ވިނަ އިންދައި ފެންދީ ހެއްދުމާއި ގަސްތައް ކޮށައި ރުއްތައް ސާފުކޮށް ބަލަހައްޓަމުން ގެންދިއުން.
- މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި ދުވާރުގެ ގައުތަކުގެ ފެހަކަހައި ސާފުކޮށް ބަލަހައްޓަމުން ގެންދިއުން.
- މިސްކިތާއި މިސްކިތު ގޯތީގައި ހިމެނޭ އާޘާރީ ތަންތަން ދޮވެ ސާފުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން
- ފުރާޅާއި ދިޔަދޮވިތައް ސާފުކުރުމާއި ބޯން އެކަށީގެންވާ ސާފުތާހިރު ވާރޭފެން ތާނގީތަކަށް ނަގައި ބަލަހައްޓަމުން ގެންދިއުން.
- ވަޅު ދިޔަހިއްކައި ދާނިތަކަށް ދަނޑިލައްވައި ބަލަހައްޓަމުން ގެންދިއުން.
- އިދާރާއިން ރާވައި ހިންގާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ފުރިހަމަ އެއްބާރުލުން ދިނުން.
މަޤާމުގެ ޝަރުޠުތައް
- ލިޔަންކިޔަން އެގުން
ނޯޓް: ލިޔަންކިޔަން އެނގޭކަމަށްބަލާނީ، ދަށްވެގެން ގުރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން ހުޅައެޅުމުންނެވެ.
ގުޅޭ ވަޒީފާގެ ދާއިރާތައް
- ފޮޅައިސާފުކުރުން
ހުށަހަޅަންޖެހޭ ލިޔެކިއުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމު، އަދި ވަޒީފާގެ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމު، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި ތަމްރީން (%26)
- ލިބިފައިވާ މަސައްކަތު ތަޖުރިބާ (%26)
- ލިބިފައިވާ ހުނަރު: އިންޓަރވިއު (%48)
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ ގެ 13:00 ގެ ކުރިން، ކިނބިދޫ ކައުންސިލްގެ އިދާރާ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ޖޫން 16 އާ 2019 ޖޫން 23 އާ ދެމެދުއެވެ. އިންޓަރވިއު އޮންނާނީ ކިނބިދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ %33 ކެނޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6780031 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
21 ރަމަޟާން 1440
26 މެއި 2019