ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

އިޢުލާން

 

ރުއްގަހުގެ ވެރިން ހޯދުމަށް

 

             މިރަށު މުކުރިމަގު ލަންސިމޫގޭ އަޙްމަދު ޒާހިރު ދިރިއުޅުމަށް (މުކުރިމަގު އަވަށުގެ ދެކުނު ކޮޅުން) ދެއްވާފައިވާ ބަންޑާރަ ގޯތީގެ ދެކުނު ފަރާތުން، ރަށް ހުރަހަށް ހަދަން ބޭނުންވާ މަގާއި އެ ގޯތީގެ އިރުމަތީ ފަރާތުން ރަށް ދިގަށް ހަދަން ބޭނުންވާ މަގާއި 2 މަގުގައި މި އިދާރާއިން A-01 ން A-16 ށް ނަމްބަރު ޖަހާފައިވާ އެކިވަރުގެ 16 ދިވެހި ރުކާއި، ނަމްބަރު A-17 ޖަހާފައިވާ 01 ބަނބުކެޔޮ ގަހާއި، އަދި A-18 ން A-24 ށް ނަމްބަރު ޖަހާފައިވާ އެކިވަރުގެ 7 ދިވެހި ރުކާއިއެކު ޖުމްލަ 24 ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)399-MS/399/2019/27

 (02 މެއި 2019) އިޢުލާނުގެ މުއްދަތު 16 މެއި 2019 ދުވަހުގެ 13:00 ހަމަވިއިރު އެއްވެސް ފަރާތަކުން ހުށަޅާފައި ނުވާތީ، ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

             ވީމާ، މަތީގައި ދެންނެވިފައިވާ 2 މަގުގައި ހުރި ރުއްގަހުގެ ވެރިން މި އިދާރާއަށް ދުރުވެ ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ނަންގަވާ ފުރިހަމަކުރެއްވުމަށް ފަހު 09 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 ން 13:00 ށް ލިބެން ހުންނާނެއެވެ. އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައި ނުގަންނާނެ ކަމުގައިވެސް ދެންނެވީމެވެ.     

                       

               16 ރަމަޟާން  1440ހ

              21 މެއި      2019 މ

21 މޭ 2019
ހޯދާ