ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓުރޫމުގެ ބެކްޕެނަލް ހެދުން (ފ.ބިލެއްދޫ މެޖިސްޓްރޭޓް ކޯޓް)

ނަންބަރު: L3MC/2019/01

 

އިޢުލާން

 

            ފ.ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، އަމިއްލަތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ޖޫން 09 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 2019 ޖޫން 16 ވާ އާދިއްތަ ދުވަހުގެ 09:00 އަށް މިކޯޓަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ. 

             21 ރަމަޟާން 1440

             26 މޭ     2019 

26 މޭ 2019
ހޯދާ