ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަލަފިލާ އަދި ދިޔަދޮވި ބަދަލުކުރުން

ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް                ނަންބަރު:N10C-A/IU/2019/04   

       ތިމަރަފުށި،

       ދިވެހިރާއްޖެ،

                        

 އިޢުލާން

މިކޯޓުގެ ޢިމާރާތުގެ ބޭރުގައި ހަރުކޮށްފައިހުރި ނަލަފިލާއާއި ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ(.)

         

          މިކޯޓުގެ ޢިމާރާތުގެ ބޭރުގައި ހަރުކޮށްފައިހުރި ނަލަފިލާއާއި ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއްޖެއެވެ.

         ވީމާ، މިމަސައްކަތް އަމިއްލަ  ތަކެތީގައި  ކޮށްދިނުމަށް  ޝައުޤުވެރިވެލައްވާ  ފަރާތްތަކުން 30  މޭ  2019ވާ  ބުރާސްފަތި  ދުވަހުގެ 12:45 އަށް  މިކޯޓަށް  ދުރުވެ މަޢުލޫމާތު  ސާފުކުރެއްވުމަށްފަހު 09 ޖޫން 2019 ވާ ހޯމަ ދުވަހުގެ 12:45 އަށް އަންދާސީ ހިސާބު  ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

         މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި،ގަޑި ޖެހިގެން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

         މީގެކުރިން މިކަމާއިބެހޭ ގޮތުން މިކޯޓުންކުރި ނަންބަރު: N10C-A/IU/2019/03 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެ އިޢުލާން ބާޠިލް ކުރެވިފައިވާކަމުގައިވެސް ދެންނެވީމެވެ. 

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

‏‏18  ރަމަޟާން  1440

‏                             23  މޭ     2019

 

23 މޭ 2019
ހޯދާ