ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުން

                                         އިޢުލާން ނަންބަރ: (IUL)GS-29/2019/26  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1.       މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ

2.       މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 26 އިން 2019 މެއި 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

3.       މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 29 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4.       މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

5.       ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 02 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

6.       މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

7.       މިކަމަށް ކުރިން ކޮށްފައިވާ ނަމްބަރ IUL/GS-29/2019/25  އިޢުލާން ވަނީ ކެންސަލް ކޮށްފައެވެ.

8.       މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

9.       އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅުމަދަރުސާ / ގއ.ކޮލަމާފުށި، ދިވެހިރާއްޖެ.

ފޯން:  7983072

އީ-މެއިލް: [email protected]

 

20 ރަމަޟާން 1440

25 މެއި    2019

25 މޭ 2019
ހޯދާ