ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: 8 (IUL)25-A5/25/2019/
ވަޒީފާގެ ފުރުޞަތު
މަޤާމް: ޑިރެކްޓަރ |
ކްލެސިފިކޭޝަން: ޓެކްނިކަލް ޑިރެކްޓަރ |
ރޭންކް: އީ.އެކްސް 1 |
|||||||
މުސާރަ: 8835.00 ރ. |
ސަރވިސް އެލަވަންސް: 2000.00 ރ. |
ސަޕޯޓް ކޯ : 1100.00 ރ ނުވަތަ ޓެކްނިކަލް ކޯ : މުސާރައިގެ 28% |
|||||||
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35% |
ގިންތި: ދާއިމީ |
މަޤާމުގެ ނަންބަރު: J-296841 |
|||||||
ބޭނުންވާ އަދަދު: 1 |
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
ޑިވިޜަން/ ސެކްޝަން: އެޗް.އާރް ޑިވިޜަން |
|||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- މިނިސްޓްރީއަށް ވައްދާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކި ކުރުމާއި، ބަދަލުކުރުމާއި ބެހޭ އެންމެހާ ކަންތައްތައް ސުޕަވައިޒްކުރުން 2- މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ތަކަކީ ކޮބައިތޯބަލައި އެ ޓްރެއިނިންގތައް ހިންގުން އަދިދެވޭ ޓްރޭނިންގ އާއި ސްކޮލަރޝިޕްތަކަށް މުވައްޒަފުން ފޮނުވުމުގެ ކަންތައް ބެލެހެއްޓުމާއި ސުޕަވައިޒްކުރުން 3- މުވައްޒަފުންގެ ރެކޯޑު ފައިލްތައް އަދި ރެކޯޑް ޝީޓު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ރެފަރަސް ސިޓީތައްޔާރު ކުރުމާއި ސުޕަވައިޒްކުރުން 4- އެޗް.އާރ ކޮމެޓީ ޤަވާއިދުން ބޭއްވުމާއި އެކޮމެޓީއަށް ހުށަހެޅޭ ކަންތައްތައް ވިލަރެސްކޮށް ސުޕަވައިޒްކުރުން 5- މުވައްޒަފުންގެ އިތުރުގަޑީގެ ޙާޒިރީ ބެލެހެއްޓުމާއި މުސާރަ ދިނުމަށް ތައްޔާރުކުރާ އިތުރުގަޑީ ހިސާބުކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ފޯނު އެލަވަންސްގެ ކަންތައް ސުޕަވައިޒުކުރުން 6- މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރފޯމަންސް އެޕްރޭޒަލް ފޯމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ބެލެހެއްޓުމުގެ ކަންތައް ސުޕަވައިޒުކުރުން 7- މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުމުގެ ކަންތައް ސުޕަވައިޒްކުރުން 8- އަލަށް އޮފީހަށް ވަންނަ މުވައްޒަފުންގެ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ކަންތައް ހިންގުމާއި މިނިސްޓްރީން އެކިއެކި އޮފީސް ތަކަށް މުވައްޒަފުން ވީއްލުމުގެ ކަންތައްތައް ސުޕަވައިޒުކުރުން 9- ޙަވާލުކުރެވިފައިވާ މަސައްކަތްތަކާބެހޭ ލިޔެކިއުންތައް ނިމުމުން ދުވަހުންދުވަހަށް ޤަވާޢިދުން ފައިލްކުރުމާއި އެކަންތައްތައް ސުޕަވައިޒްކުރުން 10- ސެކްޝަންގެ ޔައުމިއްޔާ އާއި އަހަރު ރިޕޯޓްގައި ހިމަނަންޖެހޭ ބައިތައް ތައްޔާރުކޮށް ސުޕަވައިޒުކުރުން 11- މީގެ އިތުރުންވެސް އޮފީހުގެ ވެރިން އަންގަވާ މަސައްކަތްތައް ކުރުން
|
||||||||
ޝަރުޠު (ތައުލީމާއި ތަޖުރިބާ)
|
1- މަޤާމުގެ މަސައްކަތާއި ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ (ހިއުމަން ރިސޯސް) ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- މަޤާމުގެ މަސައްކަތާ ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ (ހިއުމަން ރިސޯސް) ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
||||||||
އިތުރު އިނާޔަތް: |
|
||||||||
ވަޒީފާ އަދާކުރައްވަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
||||||||
ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:
|
އެމް.އެސް 3 –އީއެކްސް 6 |
- ތަޢުލީމާއި ތަމްރީން 22% - މަސައްކަތުގެ ތަޖުރިބާ 8% - ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 70% |
|||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.foreign.gov.mv/index.php/en/downloads ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3345011 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
||||||||
އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ، 16 ޖޫން 2019 އާއި 9 ޖުލައި 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
||||||||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
އެމް.އެސް 3 – އީއެކްސް 6 ………… 40%
|
||||||||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3345011 އެވެ. އީމެއިލް ކުރެއްވާނީ [email protected] އަށެވެ. |
||||||||
23 މެއި 2019
18-ރަމަޟާން-40