މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑްރައިވަރ (ބަސް)
ބޭނުންވާ އަދަދު :10

މުސާރަ:

-/4980 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3984 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/4000ރ - -/5000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

B0 ނުވަތަ B2 ކެޓަގަރީގެ ލައިސެންސް އޮތުން

ނުވަތަ 

- C1 ކެޓަގަރީގެ ލައިސެންސް އޮތުމާއި އެކު ދުއްވުމުގެ ތަޖުރިބާހުރި ފަރާތަކަށްވުން

- ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައި ވުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

-ކުންފުނިން ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ޑިޕާޓްމަންޓުން އަންގާ ޝެޑިއުލާއި އެއްގޮތަށް ޕެސެންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން. 

 

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތް ކުރަންޖެހޭ ތަން :

 ޓްރާންސްޕޯޓް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 މެއި 29ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.

23 މޭ 2019
ހޯދާ