ދިވެހިރާއްޖެ
މިއޮތޯރިޓީއަށް ކެޕިޓަލް މާކެޓް، މާކެޓިންގ ސްޓްރެޓަޖީއެއް ޑިވެލޮޕްކޮށްދޭނެ މާކެޓިންގ ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2019 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ތިރީގައިވާ އެޑްރެހަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުޅުވުން އޮންނަނީ 10 ޖޫން 2019 ވާ ހޯމަ ދުވަހު 14:00 ގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާގެ ކޮންފަރެންސް ރޫމް ގައެވެ.
މިއިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު، (ޓަރމްސް އޮފް ރިފަރެންސް) އޮތޯރިޓީގެ ވެބްސައިޓްގެ މި http://bit.ly/2JYEVEP
ލިންކުން ލިބެންހުންނާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3336619، ފެކްސް:3336624
އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
18 ރަމަޟާން 1440
23 މެއި 2019