މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ދެ ވެހިކަލް ސަރވިސްކުރުމަށް

                                                              ނަންބަރ: MMS-A/2019/11

އިޢުލާން

ދެ ވެހިކަލް ސަރވިސް ކުރުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ.

މި ސަރވިސްގެ ހުޅުލޭގައި ދުއްވާ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރ MMS-A/2019/08 އިޢުލާންއާއި ގުޅިގެން ހުށައަޅުއްވާފައިވާ އެސްޓިމޭޓުތައް ބާތިލްކޮށް އަލުން އެސްޓިމޭޓު ހުށައެޅުމަށް ދަޢުވަތު އަރުވަމެވެ. މިގޮތަށް ހަމަޖައްސަންޖެހުނީ އިޢުލާނުގައި ހިމަނަންޖެހޭ މުހިންމު މަޢުލޫމާތުތަކެއް ހިމެނިފައިނުވާތީއެވެ. އެސްޓިމޭޓު ހުށައަޅުއްވާއިރު ކޮންމެ ވެހިކަލަކަށް ވަކިން އެސްޓިމޭޓު ހުށައެޅުއްވުން އެދެމެވެ.

މި ސަރވިސްގެ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މެއި 30 ވާ ބުރާސްފަތި ދުވަހުގެ11:00  އަށް ހުޅުލޭ  (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ވެހިކަލް ބަލަައިލަން ބޭނުންވާ ފަރާތްތަކުން 2019 މެއި 26 ވަނަ ދުވަހުން 29 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން މެންދުރު 1.00 އާ ދެމެދު 7786158 އާއި ގުޅުއްވާފައި މިއޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަސައްކަތުގެ ތަފްޝީލް

  •  މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލޭގައި ދުއްވާ ރަޖިސްޓްރީ ނަންބަރ C1A2379   ޕިކަޕްގެ ތިރީގައި މިދަންނަވާ ކަންތައްތައްކުރުން
  1. ފުލް ސަރވިސް ކޮށްދިނުން (ފިލްޓަރ ބަދަލުކުރުމާއި އެކު)
  2. ވެހިކަލް ޗެސިސްއިން ދަބަރު ކަހާ އަންޑަރކޯޓް ދުއްވުން
  3. ބުރެކި ސަރވިސްކުރުން
  4. ގިއަރ ސަރވިސްކުރުން
  5. އެއަރކޮންޑިޝަން ސަރވިސްކުރުން
  6. އަޑީތެޔޮ، ކޫލަންޓް، ބުރެކިތެޔޮ، ގިޔަރު ތެޔޮ، ސްޓީއަރިންގ ތެޔޮ ބަދަލުކުރުން/ހަމަކުރުން
  7. ސްޕެއަރ ފުރޮޅުގެ ޓަޔަރު ބަދަލުކުރުން

 

  •  އަދި ރަޖިސްޓްރީ ނަންބަރ  B1A5458ޖީޕްގައި ކުރަންހުރި މިދަންނަވާ ކަންތައްތަށް ކުރުން.
  1. ވެހިކަލް ފުލް ސަރވިސްކުރުން
  2. ބުރެކި ސަރވިސްކުރުން
  3. ގިއަރ ސަރވިސްކުރުން
  4. އަޑީތެޔޮ، ކޫލަންޓް، ބުރެކިތެޔޮ، ގިޔަރު ތެޔޮ، ސްޓީއަރިންގ ތެޔޮ ބަދަލުކުރުން/ހަމަކުރުން
  5. އެއަރ ކޮންޑިޝަން ސަރވިސްކުރުން
  6. ކަނާތު ލޯގަނޑު ބަދަލުކުރުން
  7. ސްޕެއަރ ފުރޮޅުގެ ޓަޔަރު ބަދަލުކުރުން

 

އެސްޓިމޭޓްއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  1. ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖްރިބާ.ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
  2. ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  3. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  4. އަމިއްލަފަރާތަކުން ހުށައަޅުއްވާނަމަ އައިޑީކާޑު ކޮޕީ
  5. މީގެ ކުރިން ކުރެވިފައިވާ އަދި މިހާރު ކުރަމުންދާ މި ބާވަތުގެ މަސައްކަތާއި ބެހޭ މައުލޫމާތު.
  6. މި މަސައްކަތުގައި ލިބިފައިވާ ތަޖްރިބާ އަންގައިދޭ ލިޔުން.

އެސްޓިމޭޓް ހުށަހަޅާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ބައެއް ކަންތައްތައް

  • ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • ކޮންމެ ވެހިކަލްއަކަށް ވަކިން އެސްޓިމޭޓް ހުށަހެޅުށްވުން އެދެމެވެ. ދެ ވެހިކަލްގެ ބިޑްތައް އިވެލިޔުއޭޓް ކުރުމަށް ހަމަޖެހިފައިވަނީ ވެސް ވަކިންނެވެ.
  • ހުށަހަޅާ އެސްޓިމޭޓްގައި ކުރަންޖެހޭ މަސައްކަތްތަކަށް ތަފްސީލް އަގާއި ޖުމަލަ އަގު އަދި ޖީ.އެސް.ޓީ. ހިމަނަންވާނެއެވެ.
  • ހުށަހަޅާ އެސްޓިމޭޓްގައި މަސައްކަތް ނިންމާނެ މުއްދަތު ހިމަނަންވޭނެއެވެ.
  • ވެހިކަލް ގަރާޖަށް ގެންދިޔުމާއި މިސަރވިސްއަށް ގެނައުމަކީ މަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.

 

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

 Minimum Quoted Price) / (Quoted Price) x 85)

85

  1. މުއްދަތު:

 Shortest Delivery Period) / (Quoted Delivery Period) x 10)

10

  1. ތަޖުރިބާ:  (މިބަޔަށް މާރކްސް ދެވޭނީ މަސައްކަތު ތަޖުރިބާ ބަޔާންކޮށްދެން ހުށަހަޅާ ކޮންމެ ފުރިހަމަ ލިޔުމަަކަށް 1 ޕޮއިންޓްގެ ރޭޓުންނެވެ)

ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ. މފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ.

05

 

       އެސްޓިމޭޓް ހުށަހެޅުން

       ހުޅުލޭ  (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން

       2019 މެއި 30 ވާ ބުރާސްފަތި ދުވަހުގެ11:00  ގައި އެސްޓިމޭޓް ހުށަހެޅުއްވުން.

 

 

ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:

  1. ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
  3. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

18 ރަމަޟާން  1440

 

23 މޭ 2019
ހޯދާ