މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުމުގެ ޤަވާޢިދުގެ ދަށުން ހުއްދައަށް އެދުމާއި ގުޅޭ

ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ޢިމާރާތް ކުރުމުގެ ޤާނޫނު (4/2017) 23 އޭޕްރީލް 2017ގައި ވަނީ ވުޖޫދަށް ގެނެވި އެޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މިޤާނޫނުގެ ދަށުން އެކުލަވާލެވި މިހާރު ގެޒެޓް ކުރެވިފައިވާ ޤަވާޢިދުތަކުގެ ތެރެއިން ތިރީގައިވާ ޤަވާޢިދަށް މިހާރު އަމަލުކުރަން ފަށާފައިވާކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރަމެވެ.

1-      ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު.

       (1017-R/2019) މާރިޗު 30 2019 

މަތީގައި ދެންނެވިފައިވާ ޤަވާޢިދުގެދަށުން ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދުގައި ބަޔާން ކުރާ އަސާސީ ތަކެތި 28 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރަންވާނީ ނުވަތަ އުފައްދަންވާނީ އެކަމަށް މިމިނިސްޓްރީން ރަޖިސްޓަރީކޮށް ހުއްދައެއް ނަގައިގެން ކަމުގައި ބަޔާންކުރެވިފައި ވާނެއެވެ. ވީމާ މިޤަވާޢިދުގައި ބަޔާންކުރާ ބާވަތްތައް އެތެރެކުރާ ފަރާތްތަކުން ނުވަތަ އުފައްދާ ފަރާތްތަކުން މިދެންނެވި ތާރީޚުން ފެށިގެން ރަޖިސްޓަރީކޮށް ހުއްދަ ދޫކުރާނެކަމުގައި ދަންނަވަމެވެ. އެހެންކަމުން ހުއްދަނަގަން ބޭނުންވާ ފަރާތްތަކުން 28 ޖޫން 2019 ގެ ކުރިން ރަޖިސްޓަރީވުމަށާއި ހުއްދަހޯދުމަށް ބޭނުންވާ ލިޔެކިއުން މިމިނިސްޓްރީއަށް ހުށަހެޅުއްވުންއެދި ދެންނެވީމެވެ. އަދި މިތާރީޚުގެ ފަހުން ތަކެތި އެތެރެކޮށް ނުވަތަ އުފައްދަނީ ޤަވާޢިދާއި އެއްގޮތްވާގޮތުގެމަތިން ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެންތޯ މިމިނިސްޓްރީގެ ފަރާތުން ބަލަމުން ގެންދާނެ ވާހަކަވެސް ދަންނަވަމެވެ.

ހުއްދައަށް އެދޭ ފޯމް މިމިނިސްޓްރީގެ ވެބްސައިޓު www.planning.gov.mv/cidd.html އިން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ފޯނުނަންބަރު 3004307 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

23 މޭ 2019
ހޯދާ