ދިވެހިރާއްޖެ
އިޢުލާންް
ކޮޅުމަޑުލު އަތޮޅުސްޓޯރ 2 މަރާމާތުކުރުން
މިއިދާރާގެ ނަމްބަރ (IUL)239-PPRM/239/2019/9 ( 31 މާރިޗް 2019 ) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަތޮޅުސްޓޯރ 2
( ކުރީގެ ބޭސްފިހާރަ ) މަރާމާތުކުރުމުގެ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއް ކަމަށްވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް
ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،
ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހުށަހެޅުމަށް ދުރުވާ ފަރާތްތަކުން،
އެފަރާތެއްގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
30 މެއި 2019 ( ބުރާސްފަތި) ދުވަހުގެ 10:30 އަށް |
09 ޖޫން 2019 ( އާދީއްތަ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ
: 7846025 ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
17 ރަމަޟާން 1440
22 މެއި 2019