މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯކްޝޮޕް/ވަޑާންގެ އެޅުމަށް 1200 އަކަފޫޓުގެ 3 ބިން ކުއްޔަށް ދޫކުރުން

ބީލަން ހުށަހެޅުމުގެ ދަޢްވަތު

މިރަށުގެ އިރުމަތީ ފަރާތުން ފާޚާނާ ނަރުދަމާގެ ޓްރީޓްމަންޓް ޕްލާންޓް ގެ އުތުރުން ފުޓްބޯޅަ ސްޓޭޑިއަމްގެ އިރުން ސަރަހައްދު ޗާޓުގައި ފާހަގަކުރެވިފައިވާ 1200(ބާރަސަތޭކަ) އަކަފޫޓުގެ 1ބިމާއި މިރަށު އޫރިދޫ

އެންޓަނާ ބިމާ ޖެހިގެން ހުޅަނގުން 2 ބިން ވޯކްޝޮޕް / ވަޑާންގެ އެޅުމަށް ކުއްޔަށްދޫކުރަން ކަނޑައަޅައިފީމެވެ.

ގިނަވެގެން 10އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތަކުގައި ވޯކްޝޮޕް / ވަޑާންގެ އެޅުމަށް ބިން ކުއްޔަށްހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢްވަތުދީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް

ފުރުޞަތު ހުޅުވާލަމެވެ. ކޮންމެ ބިމަކަށް ވަކި ބިޑްފޯމެއް ބައްލަވައިގަންނަވަން ޖެހޭނެއެވެ.

2019 މެއި 27 ވަނަ ދުވަހުގެ ހެނދުނު 9.30 އިންފެށިގެން 2019 މެއި 30ވާ ބުރާސްފަތި ދުވަހުގެ 12.00ގެ ނިޔަލަށް މިކައުންސިލުން ބިޑްފޯމު ގަންނަން ލިބެން ހުންނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/100

ރުފިޔާ އެވެ.

ބިޑްގަތުމަށް، ނުވަތަ ބިޑްގެ މަޢްލޫމާތުސެސަނަށް ޙާޟިރުވަނީ ބިޑް ހުށަހަޅާފަރާތުގެ މަންދޫބެއް ކަމުގައިވީނަމަވެސް އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް ބިޑު ހުށަހަޅާ ބިޑު ކެނޑުމަށް ޙާޟިރުވަނީ

ބިޑުކުރާ ފަރާތުގެ މަންދޫބެއް ނަމަ ބިޑުކުރާ ފަރާތުގެ ލެޓަރ އޮފް އެޓާރނީ އަކާއި، މަންދޫބުގެ އައި.ޑީ.ކާޑުގެ ފޮޓޯކޮޕީއެއް ހުށަހަޅަންވާނެއެވެ. މި ލިޔުންތައް ނެތި ޙާޟިރުވާ އެއްވެސް ފަރާތެއް ބިޑްހުށަހަޅާ

ބިޑުކެނޑުމުގެ ސެސަނުގައި މަންދޫބެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. އަދި 2ބިޑަކަށް އެއް މަންދޫބަކު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، 2019 މެއި 26ވާ އާދިއްތަ ދުވަހުގެ 12.30 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢްލޫމާތު ސާފުކުރުމަށްފަހު 2019 ޖޫން 02 ވާ އާދިއްތަ ދުވަހުގެ 12.30 އަށް ކައުންސިލް އިދާރާއަށް ދުރުވެ

ބިޑް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

16 ރަމަޟާން 1440

21   މެއި  2019

22 މޭ 2019
ހޯދާ