ދިވެހިރާއްޖެ
މިލަދުންމަޑުލުދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ނ.މަނަދޫ، ދިވެހިރާއްޖެ
އިޢުލާނު
ނަމްބަރު: (IUL)294-C/294/2019/29)
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ނ.މަނަދޫގައި ޢިމާރާތްކޮށްފައިވާ 25ގޭގެ ތެރެއިން ޙަވާލުނުކޮށް ހުރި
1ގެ ދޫކުރުމަށް އާންމުންނަށް ހުޅުވާލުން
ނ.މަނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އާއި ގުޅިގެން ކުރިއަށް
ގެންދެވިފައިވާ ބޯހިޔާވަހިކަމުގެ މަސްރޫޢުގެ ދަށުން ނ.މަނަދޫގައި ޢިމާރާތްކުރެވިފައިވާ 25 ގޭގެ ތެރެއިން ޙަވާލުނުކޮށްހުރި 1ގެއަށް އެދި
ފޯމްހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.
މި ގެއަށް އެދި ހުށައަޅާ ފޯމް ނ.މަނަދޫ ކައުންސިލް ޢިދާރާއިން 21 މެއި 2019 ވީ އަންގާރަ ދުވަހުން ފެށިގެން
ދޫކުރެވޭނެއެވެ. ފޯމްހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިންނެވެ.
ފޯމް ހުށައަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތައް.
- ނ.މަނަދޫގެ ރަށްވެއްސަކަށް ވުން
- އުމުރުން 21 އަހަރު ފުރިފައިވުން،
- ރާއްޖޭގެ އެއްްވެސް ރަށަކުން ގޯއްޗެއް ލިބިފައި ނެތުން.
21 މެއި 2019