އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭސީތައް މަރާމާތުކޮށް، ސަރވިސްކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ:

 

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ                       

    އއ. ބޮޑުފޮޅުދޫ / ދިވެހިރާއްޖެ

                                 

                                                     ނަމްބަރު: (IUL)343/343/2019/51

 

އިޢުލާން

 

އ.އ.ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ އާއި މި އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ އިމާރާތް ތަކުގައި ބެހެއްޓިފައިވާ އޭސީތައް މަރާމާތުކޮށް، ސަރވިސްކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ:

 

         އ.އ.ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ އާއި މި އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ އިމާރާތް ތަކުގައި ބެހެއްޓިފައިވާ އޭސީތައް މަރާމާތުކޮށް، ސަރވިސްކޮށް، ބަލަހައްޓައިދޭނޭ ފަރާތެއް ބޭނުން ވެއްޖެއެވެ.

       ވީމާ،  މިކަމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 28 މެއި 2019 ވާ އަންގާރަ ދުވަހު 12:45 ގައި، ކައުންސިލްގެ އިދާރާއަށް މައުލޫމާތު ސާފު ކުރަން ވަޑައިގަތުމަށްފަހު 10 ޖޫން 2019 ވާ ހޯމަ ދުވަހުގެ 12:45 ގައި ކައުންސިލްގެ އިދާރާއަށް ބިޑް ހުށައެޅުއްވުމަށް ދަންނަވަމެވެ.

          މިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވައި 1 އަހަރުދުވަހުގެ މުއްދަތަށް އެފަރާތާއި އެކު އެއްބަސްވުމެއް އެކުލަވައިލެވޭނެއެވެ.  

 

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   15 ރަމަޟާން 1440  

                   20   މެއި   2019

20 މޭ 2019
ހޯދާ