ދިވެހިރާއްޖެ
މަޤާމް: |
ޕްރޮޖެކްޓް އޮފިސަރ |
|||||||||||||||||||||||||||||||||
މަޤާމުގެ ނަންބަރު: |
J-231543 |
|||||||||||||||||||||||||||||||||
ބޭނުންވާ ޢަދަދު : |
01 (އެކެއް) |
|||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
|||||||||||||||||||||||||||||||||
މަޤާމުގެ ރޭންކް |
އެމް.އެސް 2 |
|||||||||||||||||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
|||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ |
|||||||||||||||||||||||||||||||||
މުސާރަ: |
މަހަކު -/6295ރ ( ހަހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ ) |
|||||||||||||||||||||||||||||||||
ސަރވިސް އެލެވަންސް: |
މަހަކު -/2000ރ ( ދެހާސް ރުފިޔާ ) |
|||||||||||||||||||||||||||||||||
ޓެކްނިކަލް ކޯ އެލަވަންސް |
މަހަކު60/1762ރ(އެއްހާސް ހަތްސަތޭކަ ފަސްދޮޅަސްދެރުފިޔާ/ފަސްދޮޅަސްލާރި) (އަސާސީމުސާރައިގެ %28 ށް ވާ ފައިސާ) |
|||||||||||||||||||||||||||||||||
އެހެނިހެން އެލަވަންސް: |
1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެއިތުރުން މަޤާމަށް އިތުރު ޢިނާޔަތެއް ކަނޑައަޅާފައިވާނަމަ އެ ޢިނާޔަތްތައް) |
|||||||||||||||||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1 . ރަށުގެ ތަރައްޤީއަށް އެއްކުރަންޖެހޭ މަޢުލޫމާތުތަކާއި ތަފާސް ހިސާބު އެއްކޮށް، ތަފާސްހިސާބާއިބެހޭ ރިޕޯޓްތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ތަފާސް ހިސާބު ބެލެހެއްޓުން. .2ތަރައްޤީގެ މަޝްރޫއުތަކަށް އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން. 3 . ތަރައްޤީއަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ބޭރުގެ ފަރާތްތަކާއި އާންމު ، އަމިއްލަފަރާތްތަކާއި ސަރުކާރުން އެހީ ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 4 . ބީލަން އުޞޫލުން ކުރާ ތަރައްޤީގެ މަސައްކަތްތަކަށްބޭނުންވާ މަޢުލޫމާތު ކަރުދާސްތައް އެކުލަވާމުލާއި އިޢުލާން ކުރުމާއި ބީލަންތަކާއި ގުޅޭ އެންމެހައި މަސައްކަތް ކުރުމާއި އެކު މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން. 5 . ޤާނޫނު ނަންބަރު 2010/7 ގެ ދަށުން ކައުންސިލުން އެކަށައަޅާފައިވާ ޕްލޭންގައި ހިމެނޭ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން. 6 . ޤާނޫނު ނަންބަރު 2010/7 ގެ 23 ވަނަމާއްދާގެ (ނ) ގައިވާ ފަދައިން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޒުކުރުމަށް ރަށުކައުންސިލާއި، ސަރުކާރުން ޙަވާލުކުރައްވާ ތަރައްޤީގެ މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބަލައި ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ހަދަންޖެހޭ ރިޕޯޓުތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އެންމެހައި މަސައްކަތްތައް ކުރުން. 7 . ރަށުކައުންސިލުން ހިންގާ ތަރައްޤީގެ އެންމެހާ މަޝްރޫޢުތަކުގެ މަސައްކަތް ކުރުން. 8 . އަމިއްލަ ފަރާތްތަކުންނާއި ކްލަބް ޖަމިއްޔާ ފަދަ ތަންތަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިގާނުހިގާ ގޮތްބެލުމާއި އެކަމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުން. 9 . ރަށުކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. 10 . ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން އިދާރާ ހުޅުވާ ލެޕުން. |
|||||||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
ޕޮރޮޖެކްޓް މެނޭޖުމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
|||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6 .ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7 . ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ
8 . މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
|||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
|||||||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 09 ވާ އާދިއްތަ ދުވަހުގެ 13.00 ގެ ކުރިން، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6740595 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|||||||||||||||||||||||||||||||||
އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2019 ޖޫން 10 އާއި 2019 ޖޫން 23 އާއި ދެމެދު، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ ގައެވެ.
|
|||||||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|||||||||||||||||||||||||||||||||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
މިމަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރަޓީރިޔާގެ ހުރިހާ ބަޔަކުން ޖުމްލަ %45 (ސާޅިސްފަސްއިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ. |
|||||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740013 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6740595 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |