ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅުކައުންސިލް އިދާރާގެ އާ ޢިމާރާތް 5 ބުރިއަށް ހެދުމާބެހޭ

   ނަންބަރ: (IUL)241-A/241/2019/8

 

             އިއުލާން

 

އަތޮޅުކައުންސިލްގެ އާއިމާރާތް 5 ބުރިއަށް ހެދުމާއި ބެހޭ

                    

                      މިއިދާރާގެ މިހާރު ބޭނުންކުރާ އިމާރާތް 5 ބުރިއަށް ހެދުމަށްޓަކައި އިމާރާތުގެ ކުރެހުމާއި ބީއޯކިއު ( ބިލް އޮފް ކުއެންޓިޓީސް ) ހަދާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.

              މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 26 މޭ 2019 ވާ އާދީއްތަ  ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 30 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9.00 އަށް މިއިދާރާއަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

                      ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފްކުރަންވަޑައި ނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށްވެސް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. އަދި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލޮޕްމަންޓް ، މީރާގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވެ. އަދި މަރާމާތުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

 

                      ހުށަހަޅުއްވާ އަގަށް                 60%

                      ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް  15%

                      ހުށަހަޅާ މުއްދަތަށް                 15%

                      މާލީ ތަނަވަސްކަމަށް                10%  

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

15 ރަމަޝާން  1440

20  މޭ     2019     

20 މޭ 2019
ހޯދާ