ދިވެހިރާއްޖެ
އިޢުލާން
ކޯޓުގައި ހުރި ލަކުޑި ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުން.
މިކޯޓުގައި ހުރި ލަކުޑި ކުދި ދޮރުސެޓުތަކާއި، ފެންލައިޓްތަކާއި، ކޯޓު ޢިމާރާތުގެ މައިދޮރާއި ދޮރުފަތް ނައްޓައިއެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 27 މޭ 2019 ވާ ހޯމަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު:18/2014)ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ނުވަތަ ޤާނޫނު ނަންބަރު:19/2014)އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތާ ގުޅިގެން މިކޯޓުން 23 އޭޕްރީލް 2019 ގައި ކޮށްފައިވާ މިކޯޓުގެ ނަންބަރު: 03/2019/L5MC-C އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބައެއް ބަދަލުތައް ގެންނަން ޖެހުމާ ގުޅިގެން އެ އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.
15 ރަމަޟާން 1440
20 މޭ 2019