ދިވެހިރާއްޖެ
ކުރެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ވަޅެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި އިދާރާގެ ނަންބަރު: (IUL)328-ED/328/2019/31 (09 މެއި 2019) އާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
އަމިއްލަ ތަކެތީގައި، ކުރެންދޫ ރަސްމީ ފުޓްބޯޅަދަނޑުގައި '5 ޑައިމީޓަރުގެ ފެންވަޅެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކާއި ގަޑިތަކަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
21 މެއި 2019 |
އަންގާރާ |
10:00 ހެނދުނު |
އަންދާސީ ހިސާބު ހުށަހެޅުން |
28 މެއި 2019 |
އަންގާރަ |
10:00 ހެނދުނު |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.