އިޢުލާން
|
ވަޒީފާގެ ފުރުޞަތު
|
ނަންބަރު:
|
I2C/2019/01
|
ތާރީޚް:
|
14 މެއި 2019
|
މަޤާމް:
|
ހައުސްކީޕަރ (ކޮންޓްރެކްޓް)
|
ރޭންކް: އެސް.އެސް 1
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަސައްކަތްކުރަންޖެހޭތަން:
|
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ މެޖިސްޓްރޭޓް ކޯޓު
|
އަސާސީ މުސާރަ:
|
-/3100 (ތިންހާސް އެއްސަތޭކަ) ރުފިޔާ
|
މިމަޤާމަށްލިބޭ އެލަވަންސް:
|
- ސަރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)،
- ލިވިންގ އެލަވަންސް: -/2550 (ދެހާސް ދުއިސައްތަ ފަންސާސް ރުފިޔާ)،
- ޖުޑީޝަލް އެލަވަންސް މުސާރައިގެ %20،
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
އަސާސީ ޝަރުތު:
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުން.
|
މަޤާމުގެ މައިގަނޑުމަސްއޫލިއްޔަތު:
|
ކޯޓުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހައި ފޮޅާ ސާފުކުރުމާއި، ކޯޓުން އެކިފަރާތްތަކަށް ރައްދުކޮށްދޭންޖެހޭ ލިޔެކިއުން ރައްދުކުރުން، އަދި ކޯޓަށް ގެންނަންޖެހޭ ތަކެތި ގެނެސްދިނުން.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމް،
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ (އަޞްލާއެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީވަކީލެއްގެއޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
- ސްކޫލް ލީވިންގސެޓްފިކެޓްގެ ފޮޓޯކޮޕީ ނުވަތަ ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓް (އަޞްލާއެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީ)
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި:
|
21 މެއި 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭފޯމު މިކޯޓުންނާއި، އދ.އޮމަދޫ މެޖިސްޓްރޭޓް ކޯޓުން، އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6680794
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- ·ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|
|
|
|
|