ދިވެހިރާއްޖެ
ނަންބަރު: IUL)32-A2-PR/1/2019/38)
އިޢުލާން
ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން
ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޤާނޫނީ ވަކީލުންގެ 2 (ދޭއް) ފަރމެއް އައްޔަނުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭނުންވެއެވެ.
މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" ގައި އެވަނީއެވެ. އަދި މި "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://agoffice.gov.mv) އިން ލިބެން ހުންނާނެއެވެ.
މި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ޤާނޫނީ ވަކީލުންގެ ފަރމްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، މި މަސައްކަތާބެހޭ މަޢުލޫމާތު ސެޝަން 21 މޭ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އޮންނާނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 27 މޭ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010142 ފޯނާ ގުޅުއްވުން އެދެމެވެ.
11 ރަމަޟާން 1440