ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

c

 

ނ.އަތޮޅު މަދަރުސާ

 ނ.މަނަދޫ

 ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަބްބަރު 22/2019/GS35

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަންބަރު:

J-248908

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމްގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ.އަތޮޅު މަދަރުސާ / ނ.މަނަދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އެޑްމިން ސެކްޝަން

މަޤާމުގެ އަސާސީ މުސާރަ:

މަހަކު  -/4465 ރުފިޔާ

ސާވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

މަހަކު -/700 ރުފިޔާ

އުޖޫރައާއި ޢިނާޔާތްތައް:

-  އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެފައިސާ ލިބިލައްވާނެ.

-  ސިވިލްސަރވިސް ގެ މުވައްޒަފުންނަށް ދިނުމަށް ސިވިލްސަރވިސް އިން ކަނޑައަޅުއްވާފައިވާ 

   އެލަވަންސް ، އާއި ޢިނާޔަތްތައް.

-  ސިވިލްސަރވިސްގެ މުވައްޒަފުންނާއިބެހޭ ގަވާއިދުގައިވާ ގޮތުގެމަތީން ވަޒީފާ އާއި، މުސާރައިގެ

   ކުރިއެރުން.     

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

 

1-      މުވައްޒަފުންގެ ޙާޟިރީ ރިޕޯޓާއި، މުވައްޒަފުންގެ  ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން

2-      މުވައްޒަފުންގެ ރެކޯޑްތަކާއި، ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތަކާއި، ރެކޯޑް ފައިލްތައް ގަވާއިދުން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.

3-      މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމާއި އެކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.

4-      މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާއި ބެހޭ މަސައްކަތް ކުރުން.

5-      އެޗްއާރ ސޮފްޓްވެއަރ އަޕްޑޭޓްކުރުމާއި ވިއުގަ އަޕްޑޭޓް ކުރުން.

6-      އޮފީހުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު ހިމެނޭ ރެޖިސްޓްރީއެއް ޤާއިމްކޮށް ބެލެހެއްޓުން.

7-      މުވައްޒަފުން ބޮންޑު ކުރުވުމާއި، އެފަރާތްތަކުން ފުރިހަމަކުރަމުންދާ ކޯސްތައް އެއްބަސްވުމުގައިވާ ގޮތުގެމަތިން ފުރިހަމަ ކުރަމުން ގެންދޭތޯބެލުން

8-      އޮފީހުގެ ހިއުމަން ރިސޯސް އެންޑް މެނޭޖްމަންޓް ކޮމިޓީގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

9-      އޮފީހުގައި އިންޓަރންޝިޕް ފުރިހަމަކުރުމަށް އެދޭ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިދީ، ރެކޯޑްތައް ބެލެހެއްޓުން.

10-  ސްކޫލުން ދޫކުރެވޭ ތަކެތި އަދި ތަންތަން ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ކުއްޔަށް ދޫކުރުމަށްޓަކައި ފޯމު ފުރިހަމަކުރުން.                            

11-   އިންވެންޓްރީ ބެލެހެއްޓުން

12-   ސްކޫލަށް ވަންނަ ދަރިވަރުންގެ މަޢުލޫމާތުތައް ރައްކާތެރިކާމާއެކު ބެލެހެއްޓުން

13-   ދަރިވަރުންގެ ސްކޫލް ލީވިންސެޓްފިކެޓް ތައްޔާރުކުރުން

14-  މުވައްޒަފުން ހޯދުމަށް އިޢުލާނުކުރުމާއި، މުވައްޒަފުންގެ ވަޒީފާ ހަމަޖެއްސުމަށް ވިއުގަމެދުވެރިކޮށް މަސައްކަތްކުރުން

15-  ދަރިވަރުންގެ ހެދުނުގެ ނާސްތާ ޕްރޮގްރާމްގެ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން

މާޤާމުގެ ޝަރުތުތައް

  1. ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ

   ވެބްސައިޓުން އަދި މި މަދަރުސާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

   ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން،

   ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް

   އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ، އަދާކޮށްފައި

      އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން

      ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ   ވަޒީފާ، ވަޒިފާ އަދާކުރި މުއްދަތާއި، ވަޒިފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ވަޒިފާ އަދާކުރި މުއްދަތާއި، ވަޒިފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ

މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒިފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.    

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް

1- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ބެލުމުގެ ގޮތުން އިންޓަރވިއު ކޮށްގެން.

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި

 މިވަޒީފާއަށް ޝަރުތު ހަވާ  ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 26 މެއި 2019 ވާ އާދިއްތަ  ދުވަހުގެ  13.00 ގެކުރިން ނ.އަތޮޅު މަދަރުސާއަށް  ހުށަހެޅުން އެދެމެވެ.

ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯރމް ރަސްމީގަޑީގައި ނ.އަތޮޅު މަދަރުސާގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ވަޒީފާގެ އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 27 މެއި  2019 އިން 30 މެއި  2019  އާދެމެދު ނ.އަތޮޅު މަދަރުސާގައި ބޭއްވޭނެއެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީހުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

 މިވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 1 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލާފައިވާ

ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. އެންމެ މަތިން މާކުސްލިވޭ ފަރާތަކަށް މިމަޤާމް ހަމަޖައްސައި ދެވޭނެއެވެ. 

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ : 6560003 ފޯނާ އެވެ. މިމަޤާމަށް  އިންޓަރވިއުކުރެވޭނީ މަގާމުގެ ޝަރުޠުހަމަވާ ފަރާތްތަކާއެވެ.

     

 

11 ރަމަޟާން 1440

                                 16  މެއި   2019

16 މޭ 2019
ހޯދާ