ދިވެހިރާއްޖެ
މިރަށު ހުޅަނގު ދެކުނު ފަރާތުގައިހުރި މަސްމާރުކޭޓު އިމާރާތް ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)383/383/2019/17 (21 މާރިޗް 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލްކުރުމަށްފަހު މަސްމާރުކޭޓު ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ. މަސްމާރުކޭޓު ކުއްޔަށްދިނުމާގުޅޭ ބީލަންކަރުދާސް 2019 މޭ 19 ވާ އާދީއްތަ ދުވަހުގެ 10:00 ން ފެށިގެން 2019 މޭ 30 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަންކަރުދާހުގެ އަގަކީ -/150 (ސަތޭކަ ފަންސާސް ރުފިޔާ)އެވެ.
ޕްރޮޕޯސަލް ބަލައިގަތުމާއި، އަދި ޕްރޮޕޯސަލް ކެނޑުން އޮންނާނީ 2019 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންކަރުދާސް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
ބީލަންކަރުދާސް ބައްލަވައިގަތުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏަކުން ނުވަތަ ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ބީލަންކަރުދާސް ބައްލަވައިގަންނަވާނަމަ އެ ލީގަލް ބޮޑީއެއްގެ ރަޖިސްޓްރީ ކޮޕީއާއި ލެޓަރހެޑްގައި ހުށަހެޅޭ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ކޮންމެ ފަރާތެއްގެ ނަމުގައި ނެންގެވޭނީ އެއްކަރުދާހެވެ.
މިއިޢުލާނާ ގުޅޭ ޕްރީބިޑް މީޓީންގ 2019 ޖޫން 02 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ވިލުފުށީ މަސްމާރުކޭޓް އިމާރާތުގައި އޮންނާނެއެވެ.
ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.