މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރގައި ހުންނަ މޯލްޑިވް ގޭސް ޕވޓ ލޓޑ ގެ ހެޑް އޮފީސް ހިމެނޭ ބައި އިންޓީރިއާ ޑިޒައިންއާއި އެއްގޮތައް އަމިއްލަ ތަކެތީގައި ހަދުން

   

އިޢުލާން

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރގައި ހުންނަ މޯލްޑިވް ގޭސް ޕވޓ ލޓޑ ގެ ހެޑް އޮފީސް ހިމެނޭ ބައި އިންޓީރިއާ ޑިޒައިންއާއި އެއްގޮތައް އަމިއްލަ ތަކެތީގައި ހަދާ ދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

23 މެއި 2019 ބުރާސްފަތި ދުވަހުގެ 10:00 އަށް

30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
  • ބިޑް ސެކިއުރިޓީ އެއްގެ ގޮތުގައި 10,000/- ރ (ދިހަ ހާސް ރުފިޔާ) ނެގޭނެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 60 ދުވަހެވެ.

 

16 މެއި 2019،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

16 މޭ 2019
ހޯދާ