ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ މުވައްޒަފުންގެ ވޯރކިން ޔުނިފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން:
މިއިދާރާއިން މުވައްޒަފުންގެ ވޯރކިން ޔުނިފޯރމް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން 2 ވަނަފަހަރަށް ކުރި އިޢުލާން ނަމްބަރ (IUL)415/415/2019/47 (02 މެއި 2019) އިޢުލާނަށް އެކަށިގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
19 މެއި 2019 |
އާދީއްތަ |
12:45(މެންދުރު) |
ގދ.ތިނަދޫ ކައުންސިލްގެ އިދާރާ |
އަންދާސީ ހިސާބު ހުށަހެޅުން |
23 މެއި 2019 |
ބުރާސްފަތި |
12:45(މެންދުރު) |
ގދ.ތިނަދޫ ކައުންސިލްގެ އިދާރާ |
މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.