ދިވެހިރާއްޖެ
ފުވައްމުލަކުގެ ސްކޫލްތަކަށާއި ކޮލެޖްތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ކައުންސިލް މަދަހަ މުބާރާތް 2019" އަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.
- ސްޓޭޖް ސެޓަޕް ހެދުމާއި ޑިޒައިން ކުރުން އަދި ސްޓޭޖާއި ހޯލުގެ ލައިޓިންގ ހެދުން.
- މުބާރާތް ކުރިއަށްދާއިރު މުބާރާތުގެ ސައުންޑްގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
- މުބާރާތުގައި ހުށަހަޅާ މަދަހަތަކުގެ ވީޑިއޯ މާސްޓަރ ރިކޯޑިންގ.
- މުބާރާތުގައި ހުށަހަޅާ މަދަހަ ތަކުގެ އޯޑިއޯ މާސްޓަރ ރިކޯޑިންގ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މެއި 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިންގ ރޫމްގައެވެ.
މަޢުލޫމާތު ސާފު ކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާ ފަރާތުގެ މަޢުލޫމާތު އެގޭގޮތަށް ރަސްމީ ލިއުމެއް އޮވެގެންނޫނީ ބަދަލުގައި ފޮނުވާ ފަރާތަށް މަޢުލޫމާތު ސާފުކޮށްދޭގޮތަށް ހަމަޖެހިފައި ނުވެއެވެ. އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.