ދިވެހިރާއްޖެ
ނަންބަރު: (IUL)262/262/2019/34
އިޢުލާން
މިއިދާރާގެ ބޭނުމަށް SQ MM 6 ގެ 2120 ފޫޓު ސަޕުލައި ހޯދުމަށް ބޭނުންވެއެވެ
ވީމާ، އަމިއްލަ ޚަރަދުގައި ސަޕްލައި ގަނެގެން ގެނެސް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 މެއި 2019 އާދިއްތަ ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު 26 މެއި 2019 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިމަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންއެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މިމަސައްކަތާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރީގެ ހުއްދަ އޮންނަ ފަރާތަކަށެވެ.
މިމަސައްކަތާއި ގުޅިގެން ހުށަހަޅާ ހުށަހެޅުންތަކަށް ޕޮއިންޓް ދެވޭ އުޞޫލަކީ
- ހުށަހަޅާ އެންމެކުޑްއަގަކަށް % 80
- މުއްދަތަށް % 10
- މާލީ ތަނަވަސްކަމަށް % 10
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިއުލާން ކުރީމެވެ.
12 މެއި 2019