ދިވެހިރާއްޖެ
އިޢުލާން
އަންދާސި ހިސާބު ބޭނުންވެއްޖެ
ފަރެސްމާތޮޑާ މާއިރާ ޕްރީސުކޫލްގައި އެކަމޮޑޭޝަން ރޫމެއް ހެދުމަށް ބޭނުންވެގެން މިއިދާރާގެ ނަންބަރ: IUL-D/423/2019/34 (02 މެއި 2019) ކުރި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 މެއި 2019 ވަނަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 23 މެއި 2019 ވަނަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަމިއްލަ ފަރާތަކުން ނަމަ އައިޑީ ކާޑްގެ ކޮޕީއެއް، ކުންފުނިއެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއެއް އަންދާސީ ހިސާބާއި އެކު ހުށަހަޅަން ވާނެއެވެ. ބަދަލުގައި އަންނަ ފަރާތްތަކުންނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓި އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނާމާއި " މާއިރާ ޕްރީސްކޫލްގެ އެކަމޮޑޭޝަން ރޫމެއް ހެދުމާއި ވަށާ ފާރުގެ ބައެއް ހެދުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ރަމަޟާން 1440
15 މެއި 2019