ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

ކޮންސަލްޓަންޓެއް ހޯދުމަށް އެދި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ޑިޕާޓްމަންޓް އޮފް ކޮންޓިނިއުއިންގ އެޑިޔުކޭޝަން، އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށާއި ދިވެހިރާޢްޖޭގައި ބޮޑެތިމީހުންނަށް ތައުލީމު ފޯރުކޮށްދޭނެ މޮޑެލްއެއްނުވަތަ މޮޑެލްތަކެއް އެކުލަވާލުމަށް މިދާއިރާގެ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ. މި މަޤާމަށް ހޮވޭ ފަރާތަކުން ކުރާ މަސައްކަތްތަކުގެ މައިގަނޑު މަޤްސަދަކަށްވާނީ، ދިވެހިރާއްޖޭގައި މިހާރު ނުރަސްމީ ތައުލީމު ދެވޭގޮތްތައް ދެނެގަތުމާއެކު ކަން އޮތްގޮތުގެ އެސެސްމެންޓް ރިޕޯރޓެއް އެކުލަވާލައި، އިތުރަށް ކުރިއަށް ގެންދަންވީގޮތުގެ ނުވަތަ ގޮތްތަކެއް ހިމެނޭ ކަރުދާހެއް ހުށަހެޅުމާއި، ނުރަސްމީ ތައުލީމުގެ ޕޮލިސީއެއް އެކުލަވާލައި އެޕޮލިސީ ތަންފީޒު ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލުމެވެ.

ތިރީގައި ބަޔާންކުރެވިފައިއެވަނީ މި ކޮންސަލްޓަންޓްގެ މަޤާމުގެ ސްޕެސިފިކޭޝަނާއި މައިގަނޑު މަސްއޫލިއްޔަތެވެ.

މަޤާމު:

ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

01

އޮފީސް

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން  (ކ.މާލެ)

ދާއިރާ:

ނޮންފޯމަލް އެޑިޔުކޭޝަން

ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

3 މަސް (މަސައްކަތުގެ 60 ދުވަސް)

އުޖޫރަ:

ޖުމްލަ -/131،100 ރ

އުޖޫރަ ދެވޭނެ ގޮތް:

1) މި ކޮންސަލްޓަންސީގެ ފުރަތަމަ 25 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މަސައްކަތަށް %45

)ރާއްޖޭގައި ނުރަސްމީ ތަޢުލީމުގެ ހާލަތު އޮތްގޮތާ ގުޅޭގޮތުން ތައްޔާރުކުރެވޭ ރިޕޯރޓު)

2)ޖެހިގެން އަންނަ 15 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނއަޅާފައިވާ މަސައްކަތަށް %20

(ރާއްޖޭގައި ނުރަސްމީ ތައުލީމު ފޯރުކޮށްދެވޭނެ މޮޑެލް/މޮޑެލްތަކެއް ހިމެނޭ ކަރުދާސް)

3) ބާކީ އޮންނަ 20 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނއަޅާފައިވާ މަސައްކަތަށް %35

(ރާއްޖޭގައި ނުރަސްމީ ތައުލީމު ފޯރުކޮށްދިނުމުގެ ޕޮލިސީ އާއި އެޕޮލިސީ ތަންފީޒުކުރުމަށް އެކުލަވާ އެކްޝަން ޕްލޭން)

މަގާމްގެ ޝަރުތު:

  • އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން (ތަޢުލީމީ ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއަކުން) ޙާސިލުކޮށްފައިވުން.
  • މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން (ރަސްމީ ނުވަތަ ނުރަސްމީ ތަޢުލީމު) ހޯދާފައިވުން.
  • ރާއްޖޭގެ ތައުލީމީ ނިޒާމު ރޭވިފައިވާ ގޮތް ރަނގަޅަށް ދަންނަ މީހަކު ކަމުގައިވުން.
  • ޕޮލިސީ އަދި އެކްޝަން ޕްލޭން އެކުލެވުމުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ރާއްޖޭގައި ނުރަސްމީ ތައުލީމު ފުޅާކުރުމަށްޓަކައި ސްޓޭކްހޯލްޑާރސް އަދި ކީ އިންފޯމަންޓްސް އާއެކު ފޯކަސް ގްރޫޕް މަޝްވަރާތަކާއި ބަސްދީގަތުންތައް ބޭއްވުން.
  2. ލިޓްރޭޗަރ އަދި ކީ އިންފޯމަންޓްސްގެ ޒަރީއާއިން ރާއްޖޭގައި ނުރަސްމީ ތައުލީމު ފޯރުކޮށްދެވޭ ގޮތްތަކުގެ އެސެސްމަންޓްއެއް ހެދުން
  3. ނުރަސްމީ ތައުލީމުން ފައިދާވާނެ އާބާދީގެ މައިގަނޑު ގުރޫޕްތަކާއި މަޝްވަރާ ކުރުން. މިގޮތުން ސްކޫލަށްނުދާ ދަރިވަރުންނާއި އުނގެނުމާއި ހުނަރުގެ ދެވަނަ ފުރުސަތަކަށް އަދި އުނގެނުމުގެ އައު ގޮތްތަކަށް އެދިއެދި ތިބި އަންހެނުންނާއި ފިރިހެނުން ފަދަ ގުރޫޕްތަކުން ބޭނުންވަނީ ކޮންކަހަލަ ޕްރޮގްރާމްތަކެއްކަން ދެނެގަނެ އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެދެނީ ކޮން ގޮތްގޮތަކަށްކަން ދެނެގަތުމަށް މައުލޫމާތު ހޯދުން.
  4. ރަށު އަދި އަތޮޅު ކައުންސިލްތަކާއި މަޝްވަރާކޮށް ކައުންސިލްތަކުން މިފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭނެގޮތާއި ނުރަސްމީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުން.
  5. މަޝްވަރާ ބައްދަލުވުންތަކުގެ ހޯދުންތަކާއި ލިޓަރޭޗަރ ރިވިއުގެ ޒަރީއާއިން ހޯދުނު ހޯދުންތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލުން. މި ރިޕޯޓުގައި މާލެ އަދި އަތޮޅުތަކުގައި ނުރަސްމީ ތައުލީމު ފޯރުކޮށްދޭނެ ގޮތުގެ ރިކޮމެންޑޭޝަންސް ހިމެނިފައިވުން.
  6. ހޯދުނު ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ކައުންސިލްތައް މެދުވެރިކޮށް ނުރަސްމީ ތައުލީމު ފޯރުކޮށްދެވޭނެ މޮޑެލްއެއް ނުވަތަ މޮޑެލްތަކެއް ހުށަހެޅުން.
  7. ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަންއެއް މެދުވެރިކޮށް ހުށަހެޅުނު މޮޑެލް ނުވަތަ މޮޑެލްތައް ވެލިޑޭޓް ކުރުން.
  8. ހުށަހެޅުނު މޮޑެލް ނުވަތަ މޮޑެލްތައް ފައިނަލްވުމުން، ރާއްޖޭގައި ނުރަސްމީ ތައުލީމު ފޯރުކޮށްދިނުމުގެ ޕޮލިސީއަކާއި އެކްޝަން ޕްލޭނެއް އެކުލަވާލުން.
  9. ރާއްޖޭގައި ނުރަސްމީ ތައުލީމު ފޯރުކޮށްދިނުމާބެހޭގޮތުން ބޭއްވޭ 2 ދުވަހުގެ ޤައުމީ މަހާސިންތާއަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން. މި ޤައުމީ މަހާސިންތާގެ މަޤްސަދަކީ ކަމާބެހޭ ހުރިހާ ސްޓޭކްހޯލްޑަރުން ބައިވެރިކޮށްގެން ނުރަސްމީ ތައުލީމުގެ ކޮންސެޕްޓާއި މި ކޮންސަލްޓަންސީ ގެ ދަށުން ތައްޔާރުކުރެވުނު ތަކެތި ވެލިޑޭޓްކުރުން.
  10. ނުރަސްމީ ތައުލީމު ފޯރުކޮށްދިނުމާބެހޭ 2 ދުވަހުގެ ޤައުމީ މަހާސިންތާގައި މި ކޮންސަލްޓަންސީ ގެ ދަށުން ތައްޔާރުކުރެވުނު ތަކެތި (ޑެލިވަރަބަލްސް) ހުށަހެޅުން.
  11. ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަނުން ލިބޭ ފީޑްބެކް ގެ އަލީގައި ޑެލިވަރަބަލްސް މުތާލިޢާކޮށް އެން.އައި.އީ އާއެކު ޑޮކިޔުމަންޓްސް ފައިނަލްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެން.އައި.އީއަށް

މާކްސްދާ ދެވޭނެގޮތް:

ތައުލީމަށް %60

މަސައްކަތުގެ ތަޖުރިބާއަށް %40

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ކޮންސަލްޓަންޓްގެ މަޤާމަށް އެދި ހުށަހަޅާ ސިޓީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ކުރިން މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ކޮންސަލްޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • މަގާމަށް މީހަކު ހޮވުމަށް ޝޯޓުލިސްޓްކުރެވޭނީ މެރިޓަށް ބަލައިގެން އޭގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ 10 ކެންޑިޑޭޓެކެވެ.
  • ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް މި މަގާމަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، އެމަރުކަޒެއްގެ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
  • މަގާމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު (ޓީއޯއާރު އާއި މާރކްސް ދެވޭނެ ގޮތުގެ ކްރައިޓީރިއަރ) މިއޮފީހުގެ ވެބްސައިޓްގެ ( www.nie.edu.mv) ތިރީގައިވާ ލިންކްތަކުން ލިބެން ހުންނާނެއެވެ.
  • ޓީ.އޯ.އާރު ލިންކް:

https://nie.edu.mv/index.php/en/home-nie/forms/474-non-formal-education-consultant-tor

 

  • މާރކްސް ދެވޭނެ ގޮތުގެ ކްރައިޓީރިއަރ ލިންކް:

https://nie.edu.mv/index.php/en/home-nie/forms/475-non-formal-education-consultant-selection-criteria  

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7775017 ނަމްބަރު ފޯނަށެވެ.

14 މެއި 2019

14 މޭ 2019
ހޯދާ