މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކައުންސިލުގެ ނަންބަރު: (IUL)219-CS/1/2019/7) އިޢުލާން ގައިވާ ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުން ލައްވައި ކުރުވަންޖެހޭ ޙާއްޞަ ބޮޑެތި މަސައްކަތްތައް ކުރުވާއިރު ކެއުމާއި ސައިދިނުމާއި، ރަމަޟާންމަހުގައި ރޯދަވީއްލުމާއި ހާރުކެއެކުން ދިނުމަށް ބޭނުންވާނަމަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭ އުސޫލާއެއްގޮތަށް، މޯލްޑިވްސް މީޑިއާ ކައުންސިލުން ބާއްވާ އެކި އެކި އިންވެންޓްތަކާ ގުޅިގެން ކޮންޓްރެކުޓް އުސޫލުން އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާވަރަށް ތަރުހީބު ލިބިފައިނުވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 މެއި 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 މެއި 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

14 މޭ 2019
ހޯދާ