ދިވެހިރާއްޖެ
އިޢުލާން
ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތަކުގައި ހެދޭ ގަހާއި ވިނަ ކޮށައި ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުން:
01 ޖޫން 2019 އިން 31 މެއި 2020 ގެ ނިޔަލަށް ގދ. ނަޑެއްލާ ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތަކުގައި ހެދޭ ގަހާއި ވިނަ ކޮށައި ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދިނުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކޮށްދިނުން: 19 މެއި 2019 ވާ އާދީއްތަ ދުވަހުގެ 10:00 ގައި.
- އަންދާސީ ހިސާބު ބަލައިގަތުން: 22 މެއި 2019 ވާ ބުދަ ދުވަހުގެ 10:00 ގައި.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ރަމަޟާން 1440
14 މެއި 2019