ދިވެހިރާއްޖެ
ފީވަކުސްކޫލް
ފީވައް،
ދިވެހިރާއްޖެ ނަންބަރު:GS-108/MIS/2019/11
އިޢުލާން
މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ
2019 ވަނަ އަހަރު މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ ގެއެއް / އެޕާޓްމަންޓެއް ކުށްޔަށް ދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2019 މެއި 15 ވާ ބުދަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 2019 މެއި 21 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ.
- މައުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
08 ރަމަޟާން 1440ހ.
13 މެއި 2019މ.