މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެސިސްޓެންޓް ޓެލީ އޮފިސަރ
ބޭނުންވާ އަދަދު :6

މުސާރަ:

-/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/4000ރ - -/7000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޯލަވަލް އިމްތިޙާނުގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

ނުވަތަ 

- މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

-ބޯޓްފަހަރުންނާއި އަދި މިނޫންވެސް ތަންތަނުން ހޭންޑްލް ކުރެވޭ މުދާ ފަރުވާތެރިކަމާއި އެކު ޓެލީ ކުރުން. 

-ބަނދަރުފަހަރުން ބާލާ އަދި ބޯޓުފަހަރަށް އަރުވާ ކޮންޓެއިނަރ ނަންބަރ ނޯޓުކޮށް މުދާތައް ދިމާވޭތޯ ބެލުން.   

-އެދުވަހެއްގެ ޓެލީގެ މަސައްކަތް ނިމުމުން ރިޕޯޓް ކުރަންޖެހޭ މެނޭޖަރަށް ނުވަތަ އިސް އޮފިސަރުންނަށް މަސައްކަތް ހިނގައިދިޔަ ގޮތް ރިޕޯޓްކުރުން.         

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

 ކާގޯ އެންޑް ކްލިޔަރެންސް ޑިޕާޓްމަންޓް/ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 މެއި 20ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

13 މޭ 2019
ހޯދާ