ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާރޓްމަންޓެއް އިމާރާތްކުރުމާއި ބެހޭ

                  މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ރައްޔިތުންގެ މަންފާ ގޯތީގައި (މިރަށު އިރުވާކޮޅުގޭ އިރުން އޮމަދޫ ސްކޫލާއި ދެމެދު އޮތް ބިމުގައި) 2 ކޮޓަރީގެ އެޕާރޓްމަންޓެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ: (IUL)394/394/2019/29 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އެމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.    

                  ކަމާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 23 މެއި 2019 ވާ ބުރާސްފަތި ދުވަހު 11:30 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ 30 މެއި 2019 ވާ ބުރާސްފަތި ދުވަހު 11:30 ގައި މި އިދާރާއަށެވެ.

                  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް އަދި ދިވެހިރާއްޖޭގެ ވިޔަފާރިއާއިބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 މޭ 2019
ހޯދާ