ދިވެހިރާއްޖެ
މި އިޢުލާންވަނީ 16 ޖޫން 2019 10:28 ގައި ބާތިލް ކުރެވިފައެވެ.
މަޤާމް: ސެކިއުރިޓީ އޮފިސަރ
މަޤާމްގެ ނަމްބަރު: J-121516
ބޭނުންވާ ޢަދަދު: 01
މަޤާމްގެ ގިންތި: ދާއިމީ
މަޤާމްގެ ރޭންކް: SS2
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
ވަޒީފާ އަދާކުރަންޖެހޭތަން: ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
މުސާރަ: -/3470ރ
ސަރވިސް އެލަވަންސް: -/1000ރ
އެހެނިހެން އެލަވަންސް: -/1200ރ
މަޤާމްގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް:
1. ޢިމާރާތާއި ޢިމާރާތުގެ ގޯތިތެރެއަށް ހިމެނޭ ސަރަހައްދަށް ހުއްދަ ލިބިފައިވާ މީހުން ފިޔަވައި އެހެން މީހުން ވަނަނުދީ ބެލެހެއްޓުން.
2. ޢިމާރާތުގެ ބޭރު ގޭޓްތަކާއި ޢިމާރާތައް ބޭނުންވާ ދެމެންހުންނަ ބޮޑު ދޮރުތައް ހުޅުވި ބޭނުމެއް ނިމުމުން ތަޅުލެވިފައިވޭތޯ ޗެކްކުރުމާއި ޢިމާރާތުގެ ކުޑަދޮރުތައް ޤަވާޢިދުން ލައްޕާފައި ހުރޭތޯ ޗެކްކުރުން.
3. ޢިމާރާތުގެ ގޯތިތެރެއަށް ވެއްދޭ ތަކެއްޗާއި ބޭރަށް ގެންދެވޭ ތަކެތި ބެލުމާއި ސުވާލުކޮށްގެން އޮޅުންފިލުވަންޖެހޭ އެއްޗެއް ނަމަ ސުވާލު ކުރުން.
4. ފަޔަރ އެލާމެއް އަޅައިފިނަމަ އެކަމާއި ގުޅިގެން ޢަމަލު ކުރުމަށް ދެވިފައިވާ އިންސްޓްރަކްޝަން އާއި އެއްގޮތަށް ޢަމަލު ކުރުމަށްފަހު ސިކިއުރިޓީ ލޮގުފޮތުގައި ލިޔެ ކަމާއިބެހޭ މުވައްޒަފަކު ލައްވާ ސޮއި ކުރުވުން.
5. ސެކިއުރިޓީ ރޫމުގައި ބެހެއްޓިފައިވާ ސިކިއުރިޓީ ކެމެރާގެ މޮނިޓަރު ތައް ޤަވާޢިދުން ބަލަމުން ގެންދަންވާނެއެވެ. މިގޮތަށް ބެލުމުގައި އެއްވެސް އާދަޔާޚިލާފު ކަމެއްފާހަގަ ކުރެވިއްޖެ ނަމަ އެކަމެއް އޮތޯރިޓީގެ ކަމާބެހޭ މުވައްޒަފަކަށް އެންގުމުގެ އިތުރަށް އެކަމެއް ސެކިއުރިޓީ ލޮގުފޮތުގައި ނޯޓްކޮށް އޮތޯރިޓީގެ ކަމާބެހޭ މުވައްޒަފު ލައްވާ ސޮއި ކުރުވަން ވާނެއެވެ.
6. ރަސްމީގަޑީގެ ފަހުން އޮފީހަށް އަންނަ މުވައްޒަފުންނާއި،އެހެންފަރާތް ތަކުން ލިޔަން ހަމަޖެހިފައިވާ ފޮތުގައި ލިޔަމުންގެންދޭތޯ ބަލާ ޗެކްކުރުން.
. ޢިމާރާތުގެ ބޭރުގެ ހޮޅިބުރި އެއް އަދައިފިނަމަ އެކަމެއް ކަމާބެހޭ މުވައްޒަފަށް އެންގުމާއި، ކަރަންޓް ދިނުން ފަދަކަމެއް ދިމާވެއްޖެހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު އެފަދަހާލެއްގައި ބޭނުންކުރެވޭ ގޮތަށް ބަހައްޓަންޖެހޭ ތަކެތި ރަނގަޅަށް މަސައްކަތް ކުރާ ހާލަތު ހުރިކަން ޔަގީންކުރުން.
8. އެއްޑިއުޓީ އިން އަނެއްޑިއުޓީ އަށް ބަދަލުވާއިރު އަލަށް ހަވާލުވާ ސެކިއުރިޓީ އޮފިސަރ ނިމުނު ޑިއުޓީގެ ކުރު ބްރީފިން އެއްދީ ތަންހަވާލުކުރުން.
9. ބެލެހެއްޓުމުގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަޔާންވެދިޔަ ކަންތައްތަކުގެ އިތުރުކަމެއް ކުރަންޖެހިއްޖެނަމަ އެވަގުތަކު އެކަމެއް ކުރެވެން އޮތް އެކަށީގެންވާ ގޮތަކަށް އެކަމެއް ކުރަންވާނެއެވެ.
10. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް މުވައްޒަފަކުޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން އެމުވައްޒަފަކު ކުރާ މަސައްކަތެއް ހަވާލުކޮށްފި ހާލަތެއްގައި އެމަސައްކަތެއް ހަވާލުކުރެއްވި މުއްދަތުގައި ކުރުން.
މަޤާމްގެ ޝަރުތު:
މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން.
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
ހ- ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން އަށް ބަލައިގެން.
ށ- މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖްރިބާ އަށް ބަލައިގެން.
ނ- ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 މެއި 2019 ގެ 12:00 ގެ ކުރިން، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް www.cam.gov.mv އަދި ފެކްސް 3320000 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 ޖޫން 2019 އާއި 13 ޖޫން 2019 އާ ދެމެދު، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.
ޝޯޓް ލިސްޓް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3030300 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3320000 އެވެ. އީ-މެއިލް ކުރާނީ www.cam.gov.mv އަށެވެ.