މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

          ފޮއްދޫ ކައުންސިލް އިދާރާގެ ޕްލޭނިންގ އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް މިއިދާރާއިން ކުރި ނަންބަރ: (IUL)296-A/296/2019/22 އިއުލާންއަށް އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައި ނުވާތީ އެމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:     ޕްލޭނިންގ އޮފިސަރ

މަޤާމްގެ ނަންބަރ:      J-267508

ބޭނުންވާ ޢަދަދު:    01 (އެކެއް)

މަޤާމްގެ ގިންތި:    ދާއިމީ

މަޤާމްގެ ރޭންކް:   އެމް އެސް 01

މަޤާމްގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން: މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ / ނ. ފޮއްދޫ

މުސާރަ: 5,610/- ރުފިޔާ

ސަރވިސް އެލަވަންސް: 2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

                2. ސިވިލް ސާރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

                 3. ސިވިސް ސާރވިސްގެ މުއައްޒަފުންނަށް ހަމަ ޖެހިފައިވާ އުޞޫލުން  ސަޕޯރޓިން ކޯރ އެލަވަންސް ގޮތުގައި ލިބިލައްވާ 700/-ރުފިޔާ (މަހަކު)

މަޤާމްގެ މައިގަނޑު   1. ކައުންސިލް އިން ހިންގާ މަޝްރޫޢުތައް އިވެލުއޭޓްކޮށް ނިމުމުން މަޝްރޫޢުތަކުގެ އެގްރިމެންޓް ތައްޔާރު       އެގްރިމެންޓް ތައްޔާރު ކުރުން.

 މަސްއޫލިއްޔަތު        2. ކައުންސިލްއިން ހިންގާ މަޝްރޫޢުތައް އިވެލުއޭޓްކޮށް ނިމުމުން މަޝްރޫޢުތަކުގެ  އެގް

ތަކާއި ވާޖިބުތައް:          ރިމެންޓް ތައްޔާރު ކުރުން.

                  3. ތަރައްޤީ ޕްލޭންއަށް ބަލައިގެން އަހަރީ ތަވާލުތައްޔާރުކޮށް ކައުންސިލަރުންނަށް ފޮނުވުން.

                  4. އަހަރީ ތާވަލާއި ތަރައްޤީގެ ޕްލޭންގައި ހިމަނައިގެން ހިނގަމުން ދާ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.

                  5. އަންހެނުންތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އަހަރީ މަސައްކަތު ތާވަލު ތައްޔާރު ކުރުމުގައި އެހީތެރިވުން.

                  6. ރަށު ތަރައްޤީގެ ޕްލޭނިންގ ޙާސިލް ވަމުން ދާ މިންވަރު ހަމަ ޖެހިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތީން ކޮންމެ 02 މަހަކުން ރައްޔިތުންނަށް ހާމަ ކޮށް ދިނުން.

                  7. ލޭންޑްޔޫސް ޕްލޭން އާއި އެއްގޮތަށް ބިމުގެ ބަޖެޓް ތައްޔާރު ކުރުމާއި ބިންބިމާ ބެހޭ ގޮތުން ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރުން.

                 8. " ސާފު ފޮއްދޫ – އަހަރެންގެ ރަށް " ޝިޢާރުގެ ދަށުން ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި  ޙަރަކާތްތެރިވުން.

                9. ރަށު ތަރައްޤީ ޕްލޭން ޙާސިލްވަމުން ދާ މިންވަރު ބަލާ ރިޕޯޓް ތައްޔާރު ކުރުން.

           10. ކައުންސިލްއިން ހިންގާ މަޝްރޫޢޫތައް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން.

          11. ކޮންމެ އަހަރެއް ނިމުމުން އަހަރީ ތާވަލާއި ތަރައްޤީ ޕްލޭންގައި ކަނޑައެޅިފައިވާ މަޝްރޫޢުތަކުން ޙާސިލްވި މިންވަރު ދެނެގަނެ އަހަރީ ރިޕޯޓް ގައި ހިމެނުން.

މަޤާމްގެ ޝަރުޠުތައް:

            1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވަލް 05 ނުވަތަ 06ގެ ސަނަދެއް ޙާސިލް ކޮށްފައިވުން.

ތަޢުލީމީ ރޮނގު:

           ބިޒްނަސް އެޑްމިނިސްޓްރޭޝަން

           ބިޒްނަސް މެނޭޖްމަންޓް

           ޕްރޮޖެކްޓް މެނޭޖްމެންޓް

ހުށައަޅަން ޖެހޭ ލިޔުންތައް:   

  1.    ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ފޮއްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ)މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމު، އަދި ވަޒީފާގެ މުއްދަތާއި،މަޤާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމު، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން (%40)
  • ލިބިފައިވާ މަސައްކަތު ތަޖުރިބާ ()
  •  ލިބިފައިވާ ހުނަރު        (40%)
  • އިމްތިހާން           (%5)

 

މަޤާމަށް އެދެންވި ގޮތާއި ސުންގަޑި:

  މަޤާމަށް އެދި ހުށައަޅަން ޖެހޭ ތަކެތި ހުށައަޅާނީ 2019 މެއި 21 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 1.00ގެ ކުރީން ފޮއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދި ފޯމާއި ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅުއްވައިފިނަމަ އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު ، އިމްތިޙާން އަދި ޕްރެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު

       މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި އޮންނާނީ 2019 މެއި 23 އާ 2019 މެއި 27އާ ދެމެދުއެވެ. އިންޓަރވިއު އޮންނާނީ ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ.

  ޝޯޓް ލިސްޓް ކުރުން:                                                                  

      މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

           މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6560016ނަންބަރު ފޯނާއެވެ.އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

12 މޭ 2019
ހޯދާ