މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ކޮމްޕިއުޓަރ ސިސްޓަމް ހޯދުމާބެހޭ

މި  މިނިސްޓްރީއަށް  ކޮމްޕިއުޓަރ  ސިސްޓަމް  ގަންނަން  ބޭނުންވެގެން  ކުރެވުނު  ނަންބަރު (IUL)13-E/13/2019/125 (23 އޭޕްރީލް 2019) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ. މި މަސައްކަތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މައުލޫމާތު ޝީޓް މި މިނިސްޓްރީގެ ވެބްސައިޓުން ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެވެ.

 http://www.finance.gov.mv/media/announcements

 

 އަންދާސީ ހިސާބު ހުށަހެޅުން:          19 މެއި 2019، 11:30 އަށް.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަންގެ 6ވަނަ ފްލޯރ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

12 މޭ 2019
ހޯދާ