ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(G)/2019/021
އިޢުލާނު
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 12 އިން 2019 މެއި 15 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 19 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހަނިމާދު ސްކޫލް
އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.
ފޯން: 6520533 ، 9907020
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
07 ރަމަޟާން 1440
12 މެއި 2019
| 
 | 
| ބީލަން ފޮތް | 
| ޕްރޮޖެކްޓްގެ ނަން: ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް އިޢުލާން ނަންބަރު: GS60(G)/2019/021 
 | 
| 12/5/2019 | 
| މިނިސްޓްރީ އޮފް އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ | 
| ސެކްޝަން 1 | 
 | ||||||||||||||||||||||||||||||
| ބީލަން ޝީޓް | 
 | ||||||||||||||||||||||||||||||
| 
 
 
 | 
 | ||||||||||||||||||||||||||||||
| 
 | |||||||||||||||||||||||||||||||
| ސެކްޝަން 2 - ބީލަށް ހުށަހަޅާ ފަރާތްތަކަށްދެވޭ އިރުޝާދު | 
 | ||||||||||||||||||||||||||||||
| (ހ) އާންމު މަޢުލޫމާތު | 
 | ||||||||||||||||||||||||||||||
| 
 
 | 1.1. 
 | މި ބީލަމަކީ ބީލަން ޝީޓުގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މި ބީލަމުން ހޯދަންބޭނުންވާ ޚިދުމަތް ނުވަތަ މަސައްކަތުގެ މަޢުލޫމާތު ބީލަން ޝީޓުގައި ބަޔާންކޮށްފައިވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 2.1. | ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ. | 
 | ||||||||||||||||||||||||||||
| 
 | 2.1.1 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް. | 
 | |||||||||||||||||||||||||||||
| 
 | 2.1.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް. | 
 | |||||||||||||||||||||||||||||
| 
 | 
 | 2.1.3 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް. | 
 | ||||||||||||||||||||||||||||
| 
 | 
 | 2.1.4 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް. | 
 | ||||||||||||||||||||||||||||
| 
 | 2.2. | މި މާއްދާގެ 2.1 ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މިޕްރޮޖެކްޓަށް ކުރިމަތިލެވޭނީ ބީލަމަށް ކުރިމަތިލާ ސްކޫލް ހުންނަ ރަށުގައި "ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު" އާ އެއްގޮތަށް ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މިގޮތުގެ މަތިން މާލެ، ވިލިމާލެ، އަދި ހުޅުމާލެ ބަލާނީ އެއްރަށެއްގެ ގޮތުގައެވެ. އަދި އެއްފަސްކޮށް ގުޅިފައިވާ ރަށްތައްވެސް ބަލާނީ އެއްރަށެއްގެ ގޮތުގައެވެ. | 
 | ||||||||||||||||||||||||||||
| 
 | 3.1. | ބީލަންތައް އޮންނަންވާނީ މި ލިޔުމުގެ އެނެކްސް 1 ގައިވާ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޗެކުލިސްޓު ގައިވާ ލިއުންތަކާއި ޑޮކިއުމަންޓުތައް ހިމެނޭގޮތަށް ތަރުތީބުން ބައިންޑު ކުރެވިފައެވެ. | 
 | ||||||||||||||||||||||||||||
| 3.2. | ބީލަން އޮންނަންވާނީ ދިވެހިބަހުން، ފަސޭހައިން ކިޔަން އެނގޭ ފޮންޓަކުން (ފަރުމާ ފޮންޓް ފަދަ) ޓައިޕު ކުރެވިފައެވެ. ނުވަތަ އަތުން ލިޔާނަމަ ލިޔެފައި ހުންނަންވާނީ ކިޔަން އެނގޭގެ ގޮތަށެވެ. އަދި ބީލަމުގެ ހުރިހާ ސަފްހާއެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނުވަތަ އެފަރާތުން އައްޔަން ކުރާ ފަރާތުގެ ސޮޔާއި ތައްގަނޑު ޖަހާފައި އޮންނަން ވާނެއެވެ. އަދި ބީލަމުގެ ކޮންމެ ޞަފުޙާއެއްގައި ވެސް އެއީ ކިތައް ޞަފުހާގެ ތެރެއިން ކިތައް ވަނަ ޞަފުޙާކަން އެނގޭގޮތަށް ތަރުތީބުން ޞަފުޙާ ނަންބަރުވެސް ޖަހަންވާނެއެވެ. | 
 | |||||||||||||||||||||||||||||
| 3.3. | 3.3.1 ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުން މެނޭޖިންގ ޑިރެކްޓަރ ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. 3.3.2 ޕާޓްނަރޝިޕްތަކުގެ މެނޭޖިންގ ޕާޓްނަރު ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. 3.3.2 ކޯޕަރޭޓިވް ސޮސައިޓީތަކުގެ ޗެއަރޕާރސަން ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. 3.3.4 ފަރުދީ ވިޔަފާރިތަކުގައި ވެރިފަރާތް ނޫން ފަރާތެއް ބީލަމަށް ހުށަހަޅާ ލިޔުންތަކުގައި ސޮއިކުރާނަމަ އެފަރާތަކަށް ސޮއިކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. | 
 | |||||||||||||||||||||||||||||
| 
 | 
 | 3.3.5 ސަރުކާރު ކުންފުނިތަކާއި، ޕަބްލިކް ލިމިޓެޑް ކުންފުނިތަކުން ބީލަމުގެ ލިޔުންތަކުގައި ސޮއިކުރާއިރު، ޒިންމާދާރު ކޮންމެފަރާތަކަށްވެސް ސޮއި ކުރެވިދާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 4.1. | ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ. އެއް ބީލަމަށްވުރެ ގިނަ ބީލަށް އެއްވެސް ފަރާތަކުން ހުށަހަޅާފިނަމަ އެފަރާތުން ހުށަހަޅާފައިވާ ހުރިހާ ބީލަމެއް ބާތިލް ކުރެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 5.1. | ބީލަން ތައްޔާރުކުރުމަށާއި ބީލަން ހުށަހެޅުމަށް ކުރާ އެންމެހައި ޚަރަދެއް ކުރާނީ އެބީލަމެއް ހުށަހަޅާ ފަރާތަކުންނެވެ. މިކަމަށް ހިނގާ އެއްވެސް ޚަރަދަކަށް ބީލަމަށް ހުޅުވާލި ފަރާތުން ޒިންމާއެއް ނުނަގާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 6.1. | ބީލަން ހުށަހަޅާ ފަރާތަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެއްވެސް އިދާރާއެއްގެ ވެރިއެއް ނުވަތަ މުވައްޒަފަކާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައިވާނަމަ ނުވަތަ މި މިނިސްޓްރީގެ ދާއިރާގެ އެއްވެސް އޮފީހެއްގައި ވަޒީފާ އަދާކުރާ ފަރާތެއް ނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއް ހުށަނާޅާ ހުއްޓާ އެކަން އެނގިއްޖެނަމަ އިތުރު އެންގުމަކާ ނުލައި އެ ބީލަން ބާތިލް ކުރެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| (ށ) ބީލަމާގުޅޭ ލިޔުންތައް | 
 | ||||||||||||||||||||||||||||||
| 
 | 7.1. | ބީލަމާގުޅޭ ލިޔުންތަކުގައި ހިމެނެނީ ތިރީގައިވާ ލިސްޓްގައިވާ ލިޔުންތަކާއި، އެމެންޑްމަންޓްތަކެވެ. | 
 | ||||||||||||||||||||||||||||
| 
 | 7.1.1 ބީލަން ޝީޓް (ސެކްޝަން-1) | 
 | |||||||||||||||||||||||||||||
| 
 | 7.1.2ބީލަށް ހުށަހަޅާ ފަރާތްތަކަށްދެވޭ އިރުޝާދު (ސެކްޝަން-2) | 
 | |||||||||||||||||||||||||||||
| 
 | 
 | 7.1.3 އެއްބަސްވުމުގެ އާންމު އަދި ހާއްސަ މާއްދާތައް (ސެކްޝަން-3) | 
 | ||||||||||||||||||||||||||||
| 
 | 
 | 7.1.4 ޖަދުވަލުތައް (ސެކްޝަން-4) | 
 | ||||||||||||||||||||||||||||
| 
 | 
 | 7.1.5 ކޮންޓްރެކްޓް ޑާޓާ ޝީޓް (ސެކްޝަން - 5 ) | 
 | ||||||||||||||||||||||||||||
| 
 | 
 | 7.1.6 އެއްބަސްވުން (ސެކްޝަން -6 ) | 
 | ||||||||||||||||||||||||||||
| 
 | 
 | 7.1.7 މަސައްކަތާބެހޭ މަޢުލޫމާތު (ސެކްޝަން–7 ) | 
 | ||||||||||||||||||||||||||||
| 
 | 
 | 7.1.8 ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ގޮތުގެ އުޞޫލު (ސެކްޝަން–8 ) | 
 | ||||||||||||||||||||||||||||
| 
 | 8.1. | އަންދާސީހިސާބު ހުށަހެޅުމަށް އިޢުލާނުގައިވާ މުއްދަތުގެ ތެރޭގައި ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ އެޑުރެހަށް ވަޑައިގެން ނުވަތަ އީ-މެއިލް މެދުވެރިކޮށް ނަންނޯޓް ކުރަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 8.2. | އަންދާސީ ހިސާބުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން. ރަޖިސްޓްރީ ނަންބަރު. އީމެއިލް އެޑްރެސް. ގުޅޭނެ މޯބައިލް ނަންބަރު. | 
 | |||||||||||||||||||||||||||||
| 8.3. | އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މިއިދާރާގައި ނަން ނޯޓްކުރެވިފައިވާ ފަރާތްތަކަށެވެ. | 
 | |||||||||||||||||||||||||||||
| 
 | 9.1. | މި ބީލަމާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނެ ތާރީޚާއި ގަޑި "ބީލަން ޝީޓް" ގައި ބަޔާންކޮށްފައިވާނެއެވެ. | 
 | ||||||||||||||||||||||||||||
| 9.2. | ބީލަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ބީލަން ޝީޓްގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް ލިޔުމުން ފޮނުވޭނެއެވެ. | 
 | |||||||||||||||||||||||||||||
| 9.3. | މި ބީލަން ފޮތުގައިވާ މަޢުލޫމާތާއި ގުޅިގެން ނުވަތަ މި ބީލަމާ ގުޅޭގޮތުން އިތުރަށް ސާފުނުވާ ކަމެއް އޮތް ނަމަ އެ ކަމެއްގެ މައުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާ އެކެވެ. | 
 | |||||||||||||||||||||||||||||
| 10. ބީލަމަށް ބަދަލު ގެނައުން | 10.1. | ބީލަން ހުޅުވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ބީލަމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ގެނައުމަށް ފެނިއްޖެ ހިދެއްގައި، އެމެންޑްމަންޓެއް (އުނި/އިތުރު) ގެނެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 10.2. | 0.11 ގައިވާ ގޮތަށް ދޫކުރާ އެމެންޑްމަންޓަކީ ބީލަމުގެ ބައެކެވެ. އަދި އެ އުނިއިތުރު ބީލަމުގެ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވި ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. ނުވަތަ އެފަރާތަކާ އެލިޔުން ޙަވާލުކުރަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| (ނ) ބީލަން ތައްޔާރުކުރުން | 
 | ||||||||||||||||||||||||||||||
| 11. ބީލަމުގައި ބޭނުން ކުރެވޭ ބަސް | 11.1. | ބީލަން ހުށަހަޅާ ފަރާތުން ބީލަން ތައްޔާރު ކުރަންވާނީ ބީލަމާއިއެކު ދީފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުންނެވެ. އަދި ބީލަމާއިއެކު ހުށަހަޅަންޖެހޭ ރިފަރެންސް ލިޔުންތައް އިގިރޭސި ބަހުން ހުށަހެޅިދާނެއެވެ. | 
 | ||||||||||||||||||||||||||||
| 12. ބީލަމުގައި ބޭނުން ކުރާ ފައިސާ | 12.1. | މި ބީލަމުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ. | 
 | ||||||||||||||||||||||||||||
| 13. އަގު ހުށަހެޅުން | 13.1. | ބީލަމަށް ވަކި ގޮތަކަށް އަގު ހުށަހަޅަންޖެހޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 13.2. | ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅަންވީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި ޖީ.އެސް.ޓީއަށް ދައްކާ އަދަދު ވަކިން އެނގެން އޮންނަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 14. މުއްދަތު | 14.1. | މަސައްކަތްކޮށްދިނުމަށް މުއްދަތު ހުށަހަޅަންޖެހޭނީ ބަންދު ދުވަސްތައް ހިމަނައިގެން ދުވަހުގެ އަދަދުންނެވެ. | 
 | ||||||||||||||||||||||||||||
| 
 | 14.2. | މަސައްކަތްކޮށްދިނުމަށް ހުށަހަޅާ މުއްދަތަކީ އެމަސައްކަތެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމުގައި ވާންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 14.3. | މަސައްކަތްކޮށްދިނުމަށް މުއްދަތު ދެވިފައިވާ މަސައްކަތަށް މުއްދަތު ހުށަހަޅާކަން ނުޖެހޭނެއެވެ. | 
 | ||||||||||||||||||||||||||||
| 15. ބީލަމުގެ މުއްދަތު | 15.1. | ބީލަމުގެ މުއްދަތު ހަމަވާ ތާރީޚް އޮންނަންވާނީ ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 ދުވަސް ދުވަހުގެ މުއްދަތަށެވެ. | 
 | ||||||||||||||||||||||||||||
| 16. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް | 16.1. | ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ އެފަރާތަކުން ހުށަހަޅާފައިވާ ބީލަން ބާތިލު ކުރެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 16.1.1 ފުރިހަމަ ކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް (ޖަދުވަލު 2 ) | 
 | |||||||||||||||||||||||||||||
| 
 | 16.1.2 ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ. | 
 | |||||||||||||||||||||||||||||
| 
 | 16.1.3 ކާބޯތަކެތި އުފައްދާ ތައްޔާރުކޮށް ވިއްކުމުގެ ހުއްދައިގެ ކޮޕީ | 
 | |||||||||||||||||||||||||||||
| 
 | 16.1.4 ކޯޓޭޝަން/ ބީ.އޯ.ކިޔު (ހުށަހަޅަންޖެހޭނެ ކަމަށް ބީލަން ޝީޓްގައި ބުނެފައިވާނަމަ ހުށަހަޅަންޖެހޭނެއެވެ.) | 
 | |||||||||||||||||||||||||||||
| 
 | 
 | 16.1.5 ފުރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 3) | 
 | ||||||||||||||||||||||||||||
| 
 | 
 | 16.1.6ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ) | 
 | ||||||||||||||||||||||||||||
| 
 | 
 | 16.1.7 ފާއިތުވިދިޔަ އަހަރުގެ ފައިނޭންޝަލް ސްޓޭޓްމަންޓް (ފާއިތުވިދިޔަ އަހަރު އާމްދަނީ 5 މިލިއަން ރުފިޔާއަށްވުރެ މަތިނަމަ އޮޑިޓްކޮށްފައިވާ ފައިނޭންޝަލް ސްޓޭޓްމަންޓް) | 
 | ||||||||||||||||||||||||||||
| 
 | 
 | 16.1.8 ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ބީލަމެއްނަމަ ހުށަހަޅާ ބިޑް ސެކިއުރިޓީ | 
 | ||||||||||||||||||||||||||||
| 
 | 16.2. | ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ މާރކްސް ނުލިބޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | 16.2.1 ބީލަން ހުށަހަޅާ މަސައްކަތާގުޅުންހުރި މަސައްކަތުގެ ތަޖްރިބާގެ ލިޔުންތައް އަދި ޖަދުވަލު 5 ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | 16.2.2 ބީލަން ހުށަހަޅާ ފަރާތުގެ މާލީ ދަލީލު އަދި ޖަދުވަލު 4 ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | (ހ) ބޭންކް ރިފަރެންސް ލެޓަރ ނުވަތަ ސްޓޭޓްމަންޓްގައިވާ އެކައުންޓްގެ ވެރިފަރާތަކީ ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްކަމުގައި ވާންޖެހޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | (ށ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ބީލަން ހުށަހަޅާނަމަ، އެފަރާތުގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓްގެ ބޭންކް ރެފަރެންސް ލެޓަރ ނުވަތަ ސްޓޭޓްމަންޓްވެސް ގަބޫލުކުރެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | (ނ) ފާއިތުވި މަހުގެ ބޭންކް ބެލެންސް އަދަދު އިނގޭނެހެން ބޭންކް ރިފަރެންސް ސިޓީ އެއް ނުވަތަ ބޭންކު ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | 16.2.3 ކްރެޑިޓް ރެފަރެންސް ސިޓީތައް. ހުށަހަޅާ ކްރެޑިޓް ރެފަރެންސް ސިޓީތަކުގައި ތިރީގައިވާ ޝަރުތުތައް ހަމަވާންޖެހޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | (ހ) ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްގެ ނުވަތަ ހިންގަމުންދާ ކުންފުންޏަކުން ނުވަތަ ބޭންކަކުން ދޫކޮށްފައިވާ ލިއުމެއްކަމުގައި ވާންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | (ށ) ހުށަހެޅޭ ކްރެޑިޓް ރެފަރެންސް އަކީ ޚާއްސަކޮށް މިޕްރޮޖެކްޓަށް ދޫކުރެވިފައިވާ ސިޓީއެއްކަމުގައި ވާންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | (ނ) މިރެފަރަންސްގައި ޕްރޮޖެކްޓްގެ ނަން، ފައިސާގެ/ ކްރެޑިޓްގެ ޢަދަދު، ސިޓީ ދޫކުރެވުނު ތާރީޚް، ކްރެޑިޓްގެ ސިޓީގެ މުއްދަތު ހަމަވާނެ ތާރީޚް އަދި ރެފަރަންސް ދޫކުރާ ފަރާތުގެ ނަމާއި ސޮއި އަދި ސްޓޭމްޕް ސާފުކޮށް އެނގެން އޮންނަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | (ރ) މިރެފަރަންސް ވާންވާނީ ރެފަރަންސް ދޫކުރިފަރާތުން ދޫކޮށްފައިވާ އޮރިޖިނަލް ރެފަރަންސްއަކަށެވެ. މިފަދަ ރެފަރަންސްތަކުގެ ކޮޕީ ބަލައެއް ނުގަނެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 
 | (ބ) އަމިއްލަ ފަރުދުން ދޫކޮށްފައިވާ ކްރެޑިޓް ރިފަރެންސް ބަލައެއްނުގަނެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 16.3. 1 | އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތައް | 
 | ||||||||||||||||||||||||||||
| 
 | 
 | 16.3.1 ގަވާއިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުމުގެ ކޮޕީ (މުވައްޒަފުންނެތްނަމަ ނެތްކަމަށް ޕެންސަން އޮފީހުންދީފައިވާ ލިޔުން) (ދޫކުރިފަހުން 4 މަސް ހަމަނުވާ). | 
 | ||||||||||||||||||||||||||||
| 
 | 
 | 16.3.2 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން 4 މަސް ހަމަނުވާ) | 
 | ||||||||||||||||||||||||||||
| (ރ) ބީލަން ހުށަހެޅުން | 
 | ||||||||||||||||||||||||||||||
| 17. ބީލަން ބަންދު ކުރާނެ ގޮތް | 17.1. | ބީލަން އޮންނަންވާނީ ބަންދު ކުރެވިފައެވެ. މިނޫންގޮތަކަށް އޮންނަ ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 17.2. | ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 17.3. | ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފާ އޮންނަން ވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 17.4. | ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައި ބީލަން ޝީޓްގައިވާ ގޮތަށް އެޑްރެސް ކުރެވިފައެވެ. | 
 | ||||||||||||||||||||||||||||
| 18. ބީލަން ހުށަހެޅުމުގެ ސުންގަޑި | 18.1. | މި މަސައްކަތަށް ނުވަތަ ޚިދުމަތަށް އެދި ހުށަހަޅާ ބީލަންތައް ހުށަހަޅަންވީ ސުން ގަނޑި ބީލަން ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ. | 
 | ||||||||||||||||||||||||||||
| 18.2. | މި މާއްދާގެ 18.1 ގައި ބަޔާން ކުރެވިފައިވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފިނަމަ ބީލަން ހުށަހަޅަންޖެހޭ އެންމެފަހު ތާރީޚަކަށް ވާނީ ޖެހިގެން އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގެ ބީލަން ޝީޓްގައިވާ ގައިވާ ސުންގަޑީގައެވެ. | 
 | |||||||||||||||||||||||||||||
| 
 | 18.3. | އީމެއިލް އަދި ފެކްސް އިން ފޮނުވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 19. މުއްދަތުގެ ފަހުން ހުށަހެޅޭ ބީލަން ތަކާއި މެދު އަމަލު ކުރާނެގޮތް: | 19.1. | ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| (ބ) ބީލަން ހުޅުވުމާއި އިވޭލުއޭޓް ކުރުން | 
 | ||||||||||||||||||||||||||||||
| 20. ބީލަން ހުޅުވުން | 20.1. | މި މަސައްކަތަށް ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތުން ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ފޮނުވާ ފަރާތެއްގެ ހާޒިރުގައި ބީލަން ޝީޓްގައިވާ ތާރީޚްގައެވެ. | 
 | ||||||||||||||||||||||||||||
| 
 | 20.2. | ބީލަން ހުޅުވުން އޮންނާނީ ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ އެޑްރެހުގައެވެ. | 
 | ||||||||||||||||||||||||||||
| 
 | 20.3. | ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ބީލަން ޝީޓްގައިވާ ގައިވާ ސުންގަޑީގައެވެ. | 
 | ||||||||||||||||||||||||||||
| 21. ހުށަހަޅާ ބީލަމުގައިވާ ކުށްތައް އިސްލާޚްކުރުން | 21.1. | ޝަރުތު ފުރިހަމަވާ ބީލަންތަކުގެ ހިސާބުކުރުމުގެ މައްސަލައެއް އުޅޭނަމަ ތިރީގައި މިވާ ގޮތްތަކުގެ މަތިން އިސްލާޚް ކުރެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 21.2. | ބީލަމުގައިވާ ފައިސާގެ އަދަދާއި ދިވެހި ބަހުން ލިޔެފައިވާ ފައިސާގެ އަދަދު ތަފާތުވާނަމަ، ރަގަޅު އަދަދުކަމުގައި ބަލާނީ ދިވެހި ބަހުން ލިޔެފައިވާ ފައިސާ އަދަދެވެ. | 
 | |||||||||||||||||||||||||||||
| 22. ބީލަންތައް ޗެކްކުރުމާއި ބީލަންތަކުގެ ރެންޕޮންސިވްނަސް ކަނޑައެޅުއް | 22.1. | ބީލަންތައް އިވެލުއޭޓްކުރުމުގެ ކުރިން ތިރީގައިވިމާ ކަންކަން ފުރިހަމަވޭތޯ ބެލޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 22.1.1 ބީލަމަށް ޝަރުތު ފުރިހަމަވާ ފަރާތެއްކަން. | 
 | |||||||||||||||||||||||||||||
| 
 | 22.1.2 ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިވާ ފަރާތެއްކަން | 
 | |||||||||||||||||||||||||||||
| 
 | 22.1.3 ބީލަމުގައިވާ އުސޫލްތަކަށްބަލައި އެކަށީގެންވާ ބިޑެއްތޯ ކަނޑައެޅުން (ރެންޕޮންސިވްނަސް) | 
 | |||||||||||||||||||||||||||||
| 23. ބީލަންތައް އިވޭލުއޭޓް ކުރުން | 23.1. | ހުށަހަޅާ ބީލަންތަކުގެ ތެރެއިން އިވެލުއޭޓް ކުރެވޭނީ 22.1 ގައިވާ ކަންކަން ފުރިހަމަވާ ބީލަންތަކެވެ. | 
 | ||||||||||||||||||||||||||||
| 24. ބީލަން ހަވާލުކުރާނެ ފަރާތް ކަނޑައެޅުން | 24.1. | ބީލަން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ، ބީލަން ވަޒަންކުރުމަށް ބޭނުން ކުރާނެ މިންގަނޑަށް ބަލައިގެން އެންމެގިނަ މާކްސްލިބޭ ފަރާތަކަށެވެ. | 
 | ||||||||||||||||||||||||||||
| 25. ބީލަންތަން ކެންސަލްކުރުން | 25.1. | އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅާއިރު ފުރިމަކުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާނަމަ ބީލަންތައް ބަލައިނުގަތުމުގެ އިޚްތިޔާރު ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ބީލަންތައް ބަލައިގަތުމަށްފަހުގައިވެސް ބީލަމުގައި ބަޔާންކުރާ ލިޔުންތައް ފުރިހަމަނުވާ ބީލަންތައް ބާތިލްކުރުމުގެ އިޚްތިޔާރު ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ބީލަންތައް ބަލައިގަތުމަށްފަހު ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންނުވާ އަގުތަކެއްނަމަ ނުވަތަ އެކަށީގެންވާ އަދަދަކަށް ބީލަން ހުށަހަޅާފައިނުވާނަމަ ބީލަންތައް ބާތިލްކުރުމުގެ އިޚްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ. | 
 | ||||||||||||||||||||||||||||
| 26. ބީލަން ކާމިޔާބުކުރާ ފަރާތް ހޮވައި، އެކަން އެންގުން | 26.1. | ބީލަން ކާމިޔާބުވި ފަރާތަށާއި، ކާމިޔާބުނުވި ފަރާތްތަކަށް ލިޔުމުން އެކަން އަންގާނެއެވެ. | 
 | ||||||||||||||||||||||||||||
| 27. އެއްބަސްވުމުގައި ސޮއި ކުރުން | 27.1. | ބީލަން ކާމިޔާބުކުރިފަރާތަށް އެކަމުގެ ލިޔުން ފޮނުވާތާ ގިނަވެގެން ބަންދުނޫން 05 (ފަހެއް) ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބުކުރި ފަރާތާއި ދެމެދު މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 27.2. | 27.1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުއްދަތުގައި އެއްބަސްވުމުގައި ސޮއި ނުކޮށްފިނަމަ، މިމަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކުރެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 27.3. | އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ދޫކޮށްލައިފިނަމަ ނުވަތަ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތްފުރިހަމަ ނުކޮށް މަސައްކަތް ދޫކޮށްލައިފިނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 17.19 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެއެވެ. | 
 | ||||||||||||||||||||||||||||
| (ޅ) ހުށަހަޅަންޖެހޭ ސެކިޔުރިޓީތައް | 
 | ||||||||||||||||||||||||||||||
| 28. ބިޑް ސެކިޔުރިޓީ | 28.1. | ބީލަމަށް ޝީޓްގައި ބަޔާން ކޮށްފައިވާ އަދަދު ބިޑް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ | 
 | ||||||||||||||||||||||||||||
| 
 | 28.2. | ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރެވޭ ބޭންކެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއްގެ ޗެކެކެވެ. | 
 | ||||||||||||||||||||||||||||
| 
 | 28.3. | ބީލަން ކާމިޔާބު ކުރާ ފަރާތަށް އެކަން އަންގާ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ނުވާ ފަރާތްތަކުގެ ބިޑް ސެކިއުރިޓީ އެފަރާތްތަކަށް ރައްދު ކުރެވޭނެ އެވެ. | 
 | ||||||||||||||||||||||||||||
| 
 | 28.4. | ބީލަން ހުޅުވުމަށްފަހު ބީލަން ހުށަހެޅި ފަރާތަކުން ބީލަމުން ވަކިވެއްޖެނަމަ ނުވަތަ ބީލަން ކާމިޔާބުކުރާ ފަރާތަށް ބީލަން ކާމިޔާބުވިކަމުގެ ލިޔުން ލިބުމަށްފަހު މި މަސައްކަތާ ޙަވާލުނުވެ މަސައްކަތް ދޫކޮށްލައިފިނަމަ އެފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 28.5. | ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޙުން ފެށިގެން 30 ދުވަހެވެ. | 
 | ||||||||||||||||||||||||||||
| 29. އެޑްވާންސް ފައިސާ އަދި އެޑްވާންސް ފައިސާގެ ގެރެންޓީ | 29.1. | އެޑްވާންސް ފައިސާ ހޯދުމަށް އެދި ހުށަހަޅައިފިނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސް ފައިސާ ދޫކުރެވިދާނެއެވެ.[AS1] | 
 | ||||||||||||||||||||||||||||
| 29.2. | އެޑްވާންސް ފައިސާ ދޫކުރެވޭނީ ޕްރޮކިއުމަންޓްގެ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނަމައެވެ. | 
 | |||||||||||||||||||||||||||||
| 29.3. | އެޑްވާންސް ފައިސާ ހޯދުމަށްއެދި ހުށަހަޅާނަމަ، މަސައްކަތް ހަވާލުވާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެޑްވާންސް ފައިސާއަށް އެދި ހުށަހަޅަންވާނެއެވެ. | 
 | |||||||||||||||||||||||||||||
| 
 | 29.4. | އެޑްވާންސް ފައިސާ ހޯދުމަށް ހުށަހަޅާނަމަ އެޑްވާންސް ޕޭމަންޓް ގެރެންޓީގެ ގޮތުގައި ސަރުކާރުން ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އެޑްވާންސް ޕޭމަންޓް ސެކިއުރިޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 9 ގައި ވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 29.5. | އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރެވޭނީ މަސައްކަތުގެ ޖުމްލަ އަގުގެ 15% (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ އަދަދެކެވެ. އަދި އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ނުވަތަ ޚިދުމަތް ހޯދަމުންދާއިރު ހުށަހަޅާ ބިލްތަކުން، ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ ނިސްބަތުން އުނިކުރެވޭނެއެވެ. | 
 | ||||||||||||||||||||||||||||
| 30. ޕާރފޯމަންސް ގެރެންޓީ | 30.1. | ބީލަމަށް ހުށަހަޅާ އަގަކީ 250,000/- ރުފިޔާއަށްވުރެ މަތީގެ އަގެއްނަމަ ބީލަން ކާމިޔާބުކުރި ފަރާތުން ސަރުކާރު ގަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 30.2. | ޕާރފޯމަންސް ގެރެންޓީ ބެހެއްޓުމަށް ބީލަން ކާމިޔާބުކުރި ފަރާތަށް ދެވޭ މުއްދަތުގައި ޕާރފޯމަންސް ގެރެންޓީ ނުބަހައްޓައިފިނަމަ، މިމަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކުރުމަށްފަހު، އެފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 30.3. | ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންވާނީ ސަރުކާރު ގަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ. ޕާރފޯމަންސް ގެރެންޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 8 ގައި ވާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 30.4. | ޕާރފޯމަންސް ގެރެންޓީގެ މުއްދަތަކީ ޕާރފޯމަންސް ގެރެންޓީ ހުށަހަޅާ ތާރީޙުން ފެށިގެން އެއްބަސްވުމުގެ މުއްދަތެވެ. | 
 | ||||||||||||||||||||||||||||
| 31. ކުއްލި ލާހަތު ބޭނުންކުރުމަށް ސްކޫލުގައި ބަހައްޓަންޖެހޭ ފައިސާ | 31.1. | ދަރިވަރުންނަށް ނާސްތާ ދިނުމަށް ދަތިވެދާނެ ޙާލަތެއްގައި، ދަރިވަރުންނަށް ނާސްތާ ދިނުމުގެ ބޭނުމުގައި، ނާސްތާއަށް އެންރޯލްވާ ކޮންމެ ދަރިވަރެއްގެ ބޮލަކަށް ޖެހޭ ޢަދަދުން 05 ދުވަހުގެ ނާސްތާއަށް ޖުމުލަ ހިނގާނެ ޚަރަދުގެ ފައިސާ ބީލަން ކާމިޔާބުކުރާ ފަރާތުން ސްކޫލާއި ޙަވާލުކުރަންވާނެއެވެ. އަދި މިފައިސާއަކީ އެއްބަސްވުމުގެ މުއްދަތުގައި ސްކޫލްގައި ބަހައްޓަންޖެހޭ ފައިސާއެކެވެ. އަދި ކުއްލި ޙާލަތުގައި ބޭނުންކުރުމަށް ސްކޫލުގައި ބެހެއްޓޭ ފައިސާ ބޭނުންކުރަމުންގޮސް 01 ދުވަހަށް ވާވަރަށް ފައިސާ މަދުވެއްޖެނަމަ އިތުރު 05 ދުވަހަށް ވާ ފައިސާ ސްކޫލުން އަންގާ މުއްދަތެއްގައި ސްކޫލާއި ޙަވާލުކުރަންވާނެއެވެ. | 
 | ||||||||||||||||||||||||||||
| 31.2. | ދަރިވަރުންނަށް ނާސްތާ ދިނުމަށް ދަތިވެއްޖެނަމަ، މި ފައިސާއިން ޚަރަދުކުރުމަށް އެއްބަސްވެ ލިޔުމެއް ސްކޫލަށް ހުށަހަޅަންވާނެއެވެ. | 
 | |||||||||||||||||||||||||||||
| 32. މައްސަލަ ހުށަހެޅުމާއި މައްސަލަ ބެލުން | 32.1. | ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރެވޭނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 17 ގައިވާ "ބީލަމަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށެވެ. | 
 | ||||||||||||||||||||||||||||
| 
 | 32.2. | ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހަޅަންވާނީ ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 18 ގައިވާ "ބީލަން އިޢުލާންކުރި އޮފީހުގެ ޕްރޮކިއުމަންޓް އޮފިސަރަށް ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް-ފުރަތަމަ މަރުހަލާ" PR-14 ފޯމުންނެވެ. | 
 | ||||||||||||||||||||||||||||
| 
 | 32.3. | ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހެޅުމުން، މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މައްސަލަ ނިންމައި، މައްސަލަ ނިންމިގޮތް ލިޔުމަކުން މައްސަލަ ހުށަހެޅި ފަރާތަށް، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 19 ގައިވާ "ބީލަމުގެ މައްސަލައާއި ގުޅިގެން ޕްރޮކިއުމަންޓް އޮފިސަރުދޭ ޖަވާބު" PR-14 ފޯމުން ޖަވާބު ތައްޔާރުކޮށް އަންގާނެއެވެ. | 
 | ||||||||||||||||||||||||||||
| 
 | 32.4. | ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހެޅުމުން، ޕްރޮކިއުމަންޓް އޮފިސަރުދޭ ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ އެކަން ބަޔާންކޮށް މައްސަލަ އަލުން ބެލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނަށް ހުށަހެޅިދާނެއެވެ. | 
 | ||||||||||||||||||||||||||||
| 33. މައްސަލަ އަލުން ބެލުމަށް މުސްތަޤިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅުން | 33.1. | ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 17.11 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ދިމާވާ މައްސަލައަކާއި ގުޅިގެން އިދާރީކަންކަން އަލުން ބެލުމަށް "މުސްތަޤިއްލު ރިވިޔު ކޮމެޓީ" އަށް ހުށަހެޅުމުގައި، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 21 ގައިވާ "ބީލަންވެރިޔާ ބީލަމުގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި "ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިޢު ކޮމެޓީއަށް މައްސަލަ ހުށަހަޅާ ފޯމު" – އެޕީލް މަރުހަލާ" PR-16 ފޯމުން ހުށަހަޅިދާނެއެވެ. | 
 | ||||||||||||||||||||||||||||
| ސެކްޝަން - 3 | |||||||||||||||||||||||||||||||
| އެއްބަސްވުމުގެ އާންމު މާއްދާތައް އަދި ހާއްސަ މާއްދާތައް | |||||||||||||||||||||||||||||||
| 34. މާނަކުރުން | 34.1. 
 | "މަސައްކަތުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކުރުމަށް ބޭނުންވާ މިނިސްޓްރީގެ ދާއިރާގެ ތަނަކަށެވެ. | |||||||||||||||||||||||||||||
| 
 | 34.2. | "މަސައްކަތް ހަވާލުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކޮށްދިނުމަށް އެދި ބީލަން ހުށަހަޅާ ފަރާތަށެވެ. | |||||||||||||||||||||||||||||
| 
 | 34.3. | "މަސައްކަތް" ކަމަށް ބުނެފައިއެވަނީ ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ މަސައްކަތަކެވެ. | |||||||||||||||||||||||||||||
| 
 | 34.4. | "މަސައްކަތުގެ އަގު" ކަމަށް ބުނެފައިއެވަނީ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ފުރިހަމަކުރުމުން މަސައްކަތް ހަވާލުވާ ފަރާތަށް ދައްކާ ފައިސާއަށެވެ. | |||||||||||||||||||||||||||||
| 
 | 34.5. | "އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ ވެރިފަރާތާއި، މަސައްކަތްކުރުމަށް ހަވާލުވާ ފަރާތާ ދެމެދު މަސައްކަތްކުރުމާބެހޭ ގޮތުން ވެވޭ އެއްބަސްވުމަށެވެ. | |||||||||||||||||||||||||||||
| 35. ލިޔެކިޔުން ބަދަލުކުރުން | 35.1. | މި އެއްބަސްވުމުގައި ޝާމިލުވާ ފަރާތްތަކުން މިއެއްބަސްވުމާއި ގުޅިގެން އެއް ފަރާތުން އަނެއް ފަރާތަށް އަންގަންޖެހޭ އެންމެހައި އެންގުންތައް އާއްމުގޮތެއްގައި އަންގާނީ ދިވެހި ބަހުން، ލިޔުމުންނެވެ. | |||||||||||||||||||||||||||||
| 
 | 35.2. | އެއްފަރާތުން އަނެއް ފަރާތަށް ފޮނުވާ ލިޔުން ރައްދުކުރާނީ އަތުން އަތަށް ނުވަތަ ރަޖިސްޓްރީ ފޯސްޓުން، ނުވަތަ ކަނޑައެޅިފައިވާއީމެއިލަށް، ބީލަމުގައި ބަޔާން ކޮށްފައިވާ އެޑްރެހަށެވެ. | |||||||||||||||||||||||||||||
| 
 | 35.3. | މިއެއްބަސްވުމުގައިވާ އެޑްރެސް ބަދަލުކުރަން ބޭނުންވާނަމަ، ބަދަލު ކުރަން ބޭނުންވާ ފަރާތުން އަނެއް ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. | |||||||||||||||||||||||||||||
| 36. ތިންވަނަ ފަރާތަކާއި މަސައްކަތް ހަވާލުކުރުން | 36.1. | މިއެއްބަސްވުމުގެ ދަށުންކުރެވޭ މަސައްކަތުގެ އެއްވެސްބައެއް އެހެންފަރާތަކާއި ޙަވާލުކޮށްގެން ކުރަން ބޭނުންވާނަމަ އެކަން ބަޔާންކޮށް މަސައްކަތް ޙަވާލުވާ ފަރާތުން، ވެރިފަރާތަށް ލިޔުމުން ހުށަހަޅާ ހުއްދަހޯދަންވާނެއެވެ. | |||||||||||||||||||||||||||||
| 36.2. | 36.1 ގައިވާ ގޮތުގެމަތިން އެހެން ފަރާތަކާ މަސައްކަތުގެ އެއްވެސްބައެއް ހަވާލުކުރިކަމުގައިވިޔަސް މަސައްކަތް ޙަވާލުވާ ފަރާތުން މިއެއްބަސްވުމުގައިވާގޮތުގެމަތިން ފުރިހަމައަށް ޒިންމާ އުފުލަން ވާނެއެވެ. | ||||||||||||||||||||||||||||||
| 37. ތަކެއްޗާއި ޚިދުމަތާއި ހަވާލުވުން | 37.1. | ތަކެތި ސްކޫލަށް ގެނައުމުގެ ކުރިން ގެންނަ ތާރީޚާއި ގަޑި މަސައްކަތް ވިލަރެސްކުރާ ފަރާތަށް އަންގަންވާނެއެވެ. | |||||||||||||||||||||||||||||
| 37.2. | ތަކެތި ސްކޫލަށް ގެނައުމުން މަސައްކަތް ވިލަރެސްކުރާ ފަރާތުން ޙަވާލުވާނީ ތަކެތީގެ އަދަދާއެވެ. | ||||||||||||||||||||||||||||||
| 
 | 37.3. | އެއްބަސްވުމުގައިވާ ގޮތަށް ތަކެތި ލިބިފައިވާކަމަށް ބަލާނީ ސްކޫލުން ތަކެއްޗާއި ޙަވާލުވުމަށްފަހު، އެއްބަސްވުމާއި އެއްގޮތަށް ތަކެތީގެ ތާޒާކަން ބެލުމަށް ފަހު ތަކެތި ތާޒާ ނަމައެވެ. އަދި އެއްބަސްވުމާ ޚިލާފަށް ފޯރުކޮށްދީފައިވާ ތަކެތި އަނބުރާ ފޮނުވާލެވޭނެއެވެ. | |||||||||||||||||||||||||||||
| 38. އެއްބަސްވުމުގެ މުއްދަތު | 38.1. | އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭންވާނެއެވެ | |||||||||||||||||||||||||||||
| 38.2. | މަސައްކަތް ހަވާލުވިފަރާތުގެ ބާރުނުފޯރާ ކަމެއް ނުވަތަ ޤުދުރަތީ ޙާދިސާއެއް/ކާރިޘާއެއް ނުވަތަ މެނިފެކްޗަރިންއާއި ގުޅޭކަމެއް ކުރިމަތިވެއްޖެނަމަ މުއްދަތު އިތުރުކުރުމަށްޓަކައި އެޙާދިސާއެއް/ކާރިޘާއެއް ނުވަތަ އެކަމެއް ދިމާވިކަން އެގޭފަދަ (ރަސްމީ ނުވަތަ ކަމާގުޅޭ ފަރާތްތަކުގެ) ލިޔުންތަކާއެކު މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތުގެ ވެރިފަރާތަށް ހުށަހަޅަންވާނެއެވެ. | ||||||||||||||||||||||||||||||
| 
 | 38.3. | އެއްވެސް ސަބަބަކާއި ހުރެ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅިނަމަވެސް މުއްދަތު އިތުރުކޮށްދޭނީ "މުއްދަތު އިތުރުކޮށްދިނުމުގެ އުޞޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިޑް ކޮމެޓީއަށް ހުށަހަޅައިގެންނެވެ. | |||||||||||||||||||||||||||||
| 39. ޖުރިމަނާ ކުރުމާއި އެގްރީމަންޓް ބާތިލް ކުރުން 
 | 39.1. | އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނުނިމޭނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.71 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ލިކުއިޑޭޓަޑް ޑެމޭޖަސް ކެނޑޭނެއެވެ. | |||||||||||||||||||||||||||||
| 39.2. | ޖުމްލަ އަގު 2,500,000/-ރުފިޔާއަށްވުރެ ދަށުގެ ބީލަމެއްނަމަ ފައިސާ ކަނޑާނީ، ޖުމްލަ އަގު 0.005 (ޕޮއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ. ލިކުއިޑޭޓެޑް ޑެމޭޖަސް = CP*0.005*LD CP (ކޮންޓްކެޓް ޕްރައިސް): ކޮންޓްރެކްޓްގެ ޖުމްލަ އަގު LD (ލޭޓް ޑިއުރޭޝަން): ކޮންޓްރެކްޓްގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް | ||||||||||||||||||||||||||||||
| 
 | 39.3. | މަސައްކަތް ނުނިމި ލަސްވާ މުއްދަތަށް މަސައްކަތް ޙަވާލުވި ފަރާތުން ފައިސާ ދޭންޖެހިއްޖެނަމަ، މަސައްކަތް ޙަވާލުވި ފަރާތުން ހުށަހަޅާ ބިލަށް ފައިސާ ދޫކުރެވޭނީ މަސައްކަތް ނުނިމި ލަސްވީ މުއްދަތަށްވާ ފައިސާ ބިލްގައިވާ އަދަދުން ކެނޑުމަށްފަހު ބާކީ ފައިސާއެވެ. | |||||||||||||||||||||||||||||
| 
 | 39.4. | މަސައްކަތުގެ ޖުމްލަ އަގުގެ އިންސައްތަ އަށްވުރެ ލިކުއިޑޭޓަޑް ޑެމޭޖަސް ބޮޑުވެއްޖެނަމަ އެއްބަސްވުން ބާތިލްކުރެވޭނެއެވެ. | |||||||||||||||||||||||||||||
| 40. އެގްރީމަންޓް ބާތިލްކުރުން | 40.1. | އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ކުރިޔަށް ނުދާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެއްބަސްވުންއެއްކޮށް ނުވަތަ އެއްބަސްވުމުގެ ބައެއް ބާތިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ. | |||||||||||||||||||||||||||||
| 
 | 40.2. | ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ އުޞޫލަށް އަންނަ ބަދަލާއި ގުޅިގެން، 03 މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އެއްބަސްވުން ބާތިލް ކުރުމުގެ އިޙްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ. | |||||||||||||||||||||||||||||
| 
 | 40.3. | މިއެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޚިދުމަތްދޭ ފަރާތުން އެއްބަސްވުން ބާތިލްކުރަން ބޭނުންވާނަމަ، އެކަން 03 މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އެއްބަސްވުން ބާތިލް ކުރެވިދާނެއެވެ. | |||||||||||||||||||||||||||||
| 
 | 40.4. | އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލްކޮށްފިނަމަ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، އެހާތަނަށް ނިމިފައިވާ މަސައްކަތާއި، ނުނިމިހުރި މަސައްކަތުގެ ތަފްސީލް އަގާއެކު ލިޔެ، ދެފަރާތުން އެލިޔުމުގައި ސޮއިކުރަން ވާނެއެވެ. | |||||||||||||||||||||||||||||
| 41. އެހެނިހެން ކަންކަން | 41.1. | މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހު ސަރުކާރުގެ އެއްވެސް ޤާނޫނެއް ނުވަތަ ގަވާއިދަކާ މި އެއްބަސްވުމާއި ތަޢާރުޟު ވާކަން އެނގިއްޖެނަމަ ނުވަތަ އެފަދަ ޤާނޫނެއް ނުވަތަ ގަވާއިދެއް ހެދިއްޖެނަމަ އެކަމެއްގެ ސަބަބުން މުޅި މިއެއްބަސްވުން ބާޠިލެއް ނުވާނެއެވެ. އެފަދަ މާއްދާއެއް މި އެއްބަސްވުމުގައި ހިމެނޭގޮތްވެއްޖެނަމަ އެ މާއްދާއެއް އިސްލާހްކޮށްގެން ނަމަވެސް މި އެއްބަސްވުން އުވާނުލައި ދެމެހެއްޓުމަށް ދެފަރާތުންވެސް އެއްބަސްވެ ޤަބޫލުކުރަމެވެ. | |||||||||||||||||||||||||||||
| 
 | 41.2. | މިއެއްބަސްވުމާ އެއްގޮތަށް ސްކޫލު ކުދިންނަށް ނާސްތާ ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ކިރު ސަޕްލައިކޮށްދޭނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ލޓޑ (އެސް.ޓީ.އޯ) އިންނެވެ. އަދި އެފަދައިން ފޯރުކޮށްދޭ ކިރަށް ދައްކަންޖެހޭ އަގު ދައްކާނީ މަސައްކަތުގެ ވެރި ފަރާތުންނެވެ. | |||||||||||||||||||||||||||||
| 
 | 41.3. | ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ލޓޑ (އެސް.ޓީ.އޯ) ން ސަޕްލައިކުރާ ކިރު، ގުދަންކޮށް ބަލަހައްޓައި، ނާސްތާ ޕެކާއެކު ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. | |||||||||||||||||||||||||||||
| 
 | 41.4. | އެއްވެސް ސަބަބަކާއިހުރެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ލޓޑ (އެސް.ޓީ.އޯ) މެދުވެރިކޮށް ކިރު ނުލިބިއްޖެނަމަ، ސަރުކާރުން ކަނޑައަޅާ ރޭޓަށްވުރެ ބޮޑުނުވާ އަގަކަށް ދަރިވަރުންނަށް ނާސްތާ ދިނުމަށް ބޭނުންވާވަރަށް ކިރު ހޯދުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. | |||||||||||||||||||||||||||||
| 42. ބިލްކުރުމާއި ބިލަށް ފައިސާ ދެއްކުން | 42.1. | މި އެއްބަސްވުމުގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށްފަހު، ސްކޫލަށް ބިލުކުރާނީ ގިނަވެގެން މަހަކު 2 (ދޭއް) ފަހަރުއެވެ. | |||||||||||||||||||||||||||||
| 42.2. | މަސައްކަތް ހަވާލުވާ ފަރާތުން ހުށަހަޅާ ބިލްތަކަށް ފައިސާ ދެއްކުމަށް 15 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއަށް ނުވަތަ ބޭންކަށް ފޮނުވަންވާނެއެވެ. | ||||||||||||||||||||||||||||||
| 
 | 42.3. | ބިލަށް ފައިސާ ހޯދުމަށް ހުށަހަޅާއިރު އެސް.ޓީ.އޯ އިން ސަޕްލައިކޮށްދީފައިވާ ކިރުގެ ތެރެއިން ބިލު ހުށަހަޅާ މުއްދަތުގައި، ނާސްތާ ޕެކާއެކު ސްކޫލަށް ފޯރުކޮށްދީފައިވާ ކިރުގެ އަދަދު އެގެނޭ ލިޔުމެއް ހުށަހަޅަށްވާނެއެވެ. | |||||||||||||||||||||||||||||
| 43. ޓެކްސް އަދި އެހެނިހެން ފީތައް | 43.1. | މިމަސައްކަތާއި ގުޅިގެން ދައްކަންޖެހޭ ޓެކްސްތަކާއި، ކަސްޓަމްސް ޑިޔުޓީތަކާއި، އިމްޕޯޓް ލައިސަންސް ފީތައް އަދި އެހެނިހެއް ފީއެއް ދައްކަންޖެހިއްޖެނަމަ ފީއެއް ދައްކާނީ މަސައްކަތް ހަވާލުވި ފަރާތުންނެވެ. | |||||||||||||||||||||||||||||
| 44. އެއްބަސްވުމަށް ބަދަލުގެނައުން | 44.1. | މި އެއްބަސްވުމުގައިވާ އެއްވެސް މާއްދާއަކަށް ބަދަލެއް ގެނެވޭނީ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމަކުންނެވެ. | |||||||||||||||||||||||||||||
| 45. އެއްބަސްވުމަށް ހިނގާނެ ޤާނޫނު | 45.1. | މި އެއްބަސްވުން ހިންގާނީ، އަދި ތަންފީޛު ކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށެވެ. | |||||||||||||||||||||||||||||
| 46. ދެބަސްވުން | 46.1. | މިއެއްބަސްވުމާއިމެދު އުފެދޭ ދެބަސްވުން ދެފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ހައްލުނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ނިންމާނީއެވެ. | |||||||||||||||||||||||||||||
| 
 | 46.2. | މިއެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީވެސް ދެފަރާތުގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ހައްލުނުވެއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ނިންމާނީއެވެ. | |||||||||||||||||||||||||||||
| ސެކްޝަން - 4 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ޖަދުވަލުތައް | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ޖަދުވަލު – 1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ބީލަން ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް އަދި ޗެކްލިސްޓް | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 
 
 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ޖަދުވަލު – 2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ބީލަން ހުށަހަޅާ ފޯމް | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 
 
    | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ޖަދުވަލު – 3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ހުށަހަޅާ ފަރާތުގެ ޕްރޮފައިލް | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 
 
 
 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ޖަދުވަލު – 4 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| މާލީ ތަނަވަސްކަމާއި ބެހޭ މަޢުލޫމާތު | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 
 
 
 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ޖަދުވަލު – 5 | ||||||||||||||||||||||||||||||||||||||||
| ފާއިތުވި 3 (ތިނެއް) އަހަރުގެ ތެރޭގައި ކޮށްފައިވާ ގުޅުންހުރި މަސައްކަތްތައް | ||||||||||||||||||||||||||||||||||||||||
| 
 
 
 | ||||||||||||||||||||||||||||||||||||||||
| ޖަދުވަލު – 6 | ||||||||||||||||||||||||||||||
| ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު | ||||||||||||||||||||||||||||||
| 
 
 
 | ||||||||||||||||||||||||||||||
| ޖަދުވަލު – 7 | |
| ބިޑް ސެކިއުރިޓީ | |
| 
 Form of Bid Security (Bank Guarantee) 
 Whereas, ………………………………………………..[name of Bidder] (hereinafter called “the Bidder”) has submitted his Bid for the Project no……….issued by the Ministry of Education on ………………………………… …………..for construction of …………………………… …….[name of Contract] (hereinafter called “the Bid”). 
 Know all people by these presents that We ………………………………………. [name of Bank] of ……… …………………… [name of country] having our registered office at ………………………………………………………………………………….. (hereinafter called “the Bank”) are bound unto …………………………….[name of Purchaser] (hereinafter called “the Purchaser”) in the sum of *………………………………………….. for which payment well and truly to be made to the said Purchaser, the Bank binds itself, its successors, and assigns by these presents. 
 Sealed with the Common Seal of the said Bank this ……..day of …………….20…………….. 
 The conditions of this obligation are: 
 (1) If, after Bid opening, the Bidder withdraws his Bid during the period of Bid validity specified in the Form of Bid; or (2) If the Bidder having been notified of the acceptance of his Bid by the Purchaser during the period of Bid validity: (a) fails or refuses to execute the Form of Agreement in accordance with the Instructions to Bidders, if required; or (b) fails or refuses to furnish the Performance Security, in accordance with the Instruction to Bidders; or (c) does not accept the correction of the Bid Price pursuant to Clause 27, 
 we undertake to pay to the Purchaser up to the above amount upon receipt of his first written demand, without the Purchaser’s having to substantiate his demand, provided that in his demand the Purchaser will note that the amount claimed by him is due to him owing to the occurrence of one or any of the three conditions, specifying the occurred condition or conditions. 
 This Guarantee will remain in force up to and including the date ………………………. days after the deadline for submission of bids as such deadline is stated in the Instructions to Bidders or as it may be extended by the Purchaser, notice of which extension(s) to the Bank is hereby waived. Any demand in respect of this Guarantee should reach the Bank not later than the above date. 
 Date…………………………… Signature of the Bank 
 Witness ……………………… Seal 
 [signature, name, and address] 
 | |
| ޖަދުވަލު – 8 | |
| ޕާރފޯމަންޓް ގެރެންޓީ | |
| 
 Form of Performance Bank Guarantee (Unconditional) 
 To: …………………………………………………………………………………………………. [name &address of Purchaser] …………………………………………………………………………………………………. …………………………………………………………………………………………………. Whereas ……………………. [name and address of Supplier] (hereinafter called “the Supplier”) has undertaken, in pursuance of Contract No. …… dated ……………………… to execute …………………………… [name of Contract and brief description of Works] (hereinafter called “the Contract”); 
 And whereas it has been stipulated by you in the said Contract that the Supplier shall furnish you with a Bank Guarantee by a recognized bank for the sum specified therein as security for compliance with his obligations in accordance with the Contract; 
 And whereas we have agreed to give the Supplier such a Bank Guarantee; 
 Now therefore we hereby affirm that we are the Guarantor and responsible to you, on behalf of the Supplier, up to a total of *…………….. [amount of Guarantee] ……………………… [amount in words], such sum being payable in the types and proportions of currencies in which the Contract Price is payable, and we undertake to pay you, upon your first written demand and without cavil or argument, any sum or sums within the limits of ……………… [amount of Guarantee] as aforesaid without your needing to prove or to show grounds or reasons for your demand for the sum specified therein. 
 
 
 We hereby waive the necessity of your demanding the said debt from the Supplier before presenting us with the demand. 
 We further agree that no change or addition to or other modification of the terms of the Contract or of the Works to be performed there under or of any of the Contract documents which may be made between you and the Supplier shall in any way release us from any liability under this Guarantee, and we hereby waive notice of any such change, addition, or modification. 
 This Guarantee shall be valid until the date of issue of the Defects Correction Certificate. Signature and seal of the Guarantor ……………………….. Name of Bank …………………………………….. Address …………………………………….. …………………………………….. …………………………………….. Date ……………………………………… 
 | 
| ޖަދުވަލު – 9 | |
| އެޑްވާންސް ޕޭމަންޓް ގެރެންޓީ | |
| 
 
 
 
 Form of Bank Guarantee for Advance Payment To: …………………………………………………………………………………………………. [name & address of Purchaser] ………………………………………………………………………………………………….. ………………………………………………………………………………………………… 
 [name of Contract] 
 Gentlemen: 
 In accordance with the provisions of the Conditions of Contract, of the above-mentioned Contract, ………… ………………………………………………………………………….[name and address of Supplier] (hereinafter called “the Supplier”) shall deposit with ……………………………… ……… ………… …… ……………………….. [name of Purchaser] a Bank Guarantee to guarantee his proper and faithful performance under the said Clause of the Contract in an amount of ……….[amount of Guarantee] ………………………………………………………………..[amount in words]. 
 We, the ………………… …………………………………… …………………………………… [Bank or Financial Institution], as instructed by the Supplier, agree unconditionally and irrevocably to guarantee as primary obligator and not as Surety merely, the payment to …………………………………………………. [name of Purchaser] on his first demand without whatsoever right of objection on our part and without his first claim to the Supplier, in the amount not exceeding *……………………….. ………………………………… [amount of Guarantee]……… ……………………………………………………………………… [amount in words]. 
 We further agree that no change or addition to or other modification of the terms of the Contract or of Works to be performed there under or of any of the Contract documents which may be made between ………………………… ………… …………………….…….[name of Purchaser] and the Supplier, shall in any way release us from any liability under this Guarantee, and we hereby waive notice of any such change, addition, or modification. 
 
 This Guarantee shall remain valid and in full effect from the date of the advance payment under the Contract until ………………………………………………[name of Purchaser] receives full repayment of the same amount from the Supplier. 
 Yours truly, signature and seal: ………………………………………………………………….. Name & address of bank/institution ………………………………………………. 
 | |
| 
 | 
| ޖަދުވަލު – 10 | ||||||||||||||||||||||||||||||||||||||||||
| އަގު ހުށަހަޅާ ފޯމް | ||||||||||||||||||||||||||||||||||||||||||
| 
 
 | ||||||||||||||||||||||||||||||||||||||||||
| ސެކްޝަން - 5 | ||||||||||||||
| 
 
 | ||||||||||||||
| 
 
 | ||||||||||||||
| ސެކްޝަން- 6 | 
| އެއްބަސްވުން | 
| މި އެގްރީމަންޓް ކުރެވިފައި ވަނީ، -------------------- (މި އެއްބަސްވުމުގައި މީގެ ފަހުން "މަސައްކަތުގެ ވެރިފަރާތް") އާއި ------------ (މި އެއްބަސްވުމުގައި މީގެފަހުން "މަސައްކަތް ހަވާލުވާ ފަރާތް") އާ ދެމެދު، މީލާދީ ސަނަތުން، ........... ވަނަ އަހަރުގެ ........................ މަހުގެ ....... (..................) ދުވަހު އެވެ. | 
| ދެންފަހެ، ............................ (މި އެއްބަސްވުމުގައި މީގެ ފަހުން "މަސައްކަތްތައް") ކުރުމަށް ގަންނަފަރާތުން ބޭނުންވި ހިނދު، އަދި އެކަމަށްޓަކައި ވިއްކާފަރާތުން ހުށަހަޅާފައިވާ އަންދާސީ ހިސާބު ގަންނަފަރާތުން ޤަބޫލުކުރި ހިނދު، ބުނެވިދިޔަ މަސައްކަތްތައް ވިއްކާފަރާތުން ކުރުމަށާއި، އަދި އެ މަސައްކަތްތައް ފޯރުކޮށްދިނުމުގައި ލިބޭ ގެއްލުމަކަށް ބަދަލު ދޭންޖެހޭނަމަ އެކަމެއް ކުރުމަށް ނިޔަތްގަނެ، އަންނަނިވި ކަންކަމަށް އެއްބަސްވަމެވެ. 1. މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުސްތަލަޙުތަކާއި އިސްތިލާޙުތައް މާނަކުރުމުގައި "އެއްބަސްވުމުގެ ޝަރުޠުތައް" ގައި އެ މުސްތަލަޙެއް ނުވަތަ އިސްތިލާޙެއް ބޭނުންކޮށްފައިވާ ގޮތަށް ބަލަންވާނެއެވެ. އަދި އެއީ، މި އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ބެލެވޭނެއެވެ. 2. މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަގަށް، އަދި އެ އަގު ދެއްކުމަށް ކަނޑައަޅާފައިވާގޮތަށް ރިޢާޔަތްކޮށް އެއްބަސްވުމުގެދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އަދި އެ މަސައްކަތްކުރުމުގައި މި އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތްނުވާ މަސައްކަތްތަކަށް ލިބިދޭންޖެހޭ ބަދަލު ދިނުމަށް ވިއްކާފަރާތުން އެއްބަސްވެއެވެ. 3. މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމުމާއި، އަދި އިސްލާޙު ކުރަންޖެހޭ މަސައްކަތްތައް އެއްބަސްވުމުގެ ޝަރުޠުތަކާއި އެއްގޮތަށް އިސްލާޙުކުރުމާ ގުޅިގެން މަސައްކަތް ހަވާލުވާ ފަރާތަށް ލިބިދޭންޖެހޭ މަސައްކަތުގެ އަގު ނުވަތަ އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން މަސައްކަތް ހަވާލުވާ ފަރާތުން ކޮށްނިންމާ މަސައްކަތްތަކަށް ދޭންޖެހޭ އެންމެހާ ފައިސާ މަސައްކަތާ ޙަވާލުވާ ފަރާތަށް ދިނުމަށް މަސައްކަތުގެ ވެރިފަރާތުން އެއްބަސްވެއެވެ. 4. މި އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުވަތަ އިޞްލާޙެއް ގެންނަނަމަ އެފަދަ ބަދަލެއް ނުވަތަ އިޞްލާޙެއް ގެންނާނީ މި އެއްބަސްވުމެކޭ އެއްފަދައިން ދެފަރާތުން ސޮއިކުރާ ލިޔުމަކުންނެވެ. 5. މި އެއްބަސްވުމާ ގުޅިގެން ދެބަސްވުމެއް އުފެދިއްޖެނަމަ ދެފަރާތުން ވާހަކަ ދައްކައިގެން ޙައްލުވޭތޯ މަސައްކަތްކުރަންވާނެއެވެ. | 
| މި އެއްބަސްވުން އެކުލެވިގެންވަނީ ބީލަމާ ގުޅިގެން ދެވުނު މަޢުލޫމާތާއި، އެއްބަސްވުމުގެ އާންމު މާއްދާތަކާއި، މަސައްކަތް ހަވާލުވި ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ މައްޗަށެވެ. | 
| މި އެއްބަސްވުމަކީ، މި އެއްބަސްވުމުގެ އެންމެހައި މާއްދާތަކަށް އިޙްތިރާމްކުރުމާއި، އެއްބަސްވުމުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި، ދެފަރާތުން މިއެއްބަސްވުމުގެ މުއްދަތަށް އެއްބަސްވުން ދެމެހެއްޓުމުގެ ނިޔަތުގައި ތިރީގައިވާ މީހުން ހެކިކޮށް، ދެފަރާތުގެ ފުރިހަމަ އިޚްތިޔާރާ އެކު ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެކެވެ. | 
| މަސައްކަތުގެ ވެރިފަރާތް: | މަސައްކަތާ ހަވާލުވާ ފަރާތް: | 
| ސޮއި: | ސޮއި: 
 | 
| ނަން: | ނަން: | 
| މަޤާމް: | މަޤާމް: | 
| ތައްގަނޑު: | ތައްގަނޑު: | 
| ހެކިން: | ހެކިން: | 
| ސޮއި: | ސޮއި: 
 | 
| ނަން: | ނަން: | 
| މަޤާމް: | މަޤާމް: | 
| އައި.ޑީ#: | އައި.ޑީ#: | 
| މަސައްކަތުގެ ވެރިފަރާތުން ސްޕަވައިޒު ކުރާނީ | މަސައްކަތް ހަވާލުވާ ފަރާތުން ސްޕަވައިޒު ކުރާނީ | 
| ސޮއި: | ސޮއި: 
 | 
| ނަން: | ނަން: | 
| މަޤާމް: | މަޤާމް: | 
| އައި.ޑީ#: | އައި.ޑީ#: | 
| ގުޅޭނެ ނަންބަރު: | ގުޅޭނެ ނަންބަރު: | 
| އީމެއިލް އެޑްރެސް: | އީމެއިލް އެޑްރެސް: | 
| ސެކްޝަން - 7 | ||
| ބޭނުންވާ ޚިދުމަތް/ތަކެތި/މަސައްކަތުގެ ތަފްސީލް | ||
| 47. މަސައްކަތުގެ ތަޢާރަފު | 47.1. | މިއީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ގޮތް ކުރިއަށްގެންދާނެގޮތް ބަޔާންކުރާ ކަރުދާހެކެވެ. | 
| 48. ޕްރޮގްރާމް އަމާޒުކުރެވޭ ދަރިވަރުން | 48.1. | މި ޕްރޮގްރާމް ހިންގާނީ، ބެލެނިވެރިޔާގެ ހުއްދައާއެކު މި ޕްރޮގްރާމްގައި ބައިވެރިވުމަށްއެދޭ، އެލް.ކޭ.ޖީން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންގެ ތެރެއިން ހެނދުނު ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށެވެ. | 
| 49. ޕްރޮގްރާމް ކުރިއަށް ގެންދާނެ މުއްދަތު | 49.1. | ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2019 ޖޫން 09 ވަނަ ދުވަހުން ފެށިގެން 2020 މެއި 30 ވަނަ ދުވަހުގެ ނިޔަލަށެވެ. | 
| 
 | 49.2. | ނާސްތާގެ ޚިދުމަތް ދިނުމަށް ހަވާލުވާ ފަރާތުގެ ޚިދުމަތަށް ބަލައި، 2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ނިޔަލަށް މުއްދަތުގެ އިތުރުކުރުމުގެ އިޙްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ. | 
| 
 | 49.3. | ސްކޫލް ބަންދު ދުވަސްތަކުގައި ދަރިވަރުންނަށް ނާސްތާ ދޭކަން ނުޖެހޭނެއެވެ. | 
| 50. ޚިދުމަތްދޭ ފަރާތުގެ ޒިންމާތައް | 50.1. | ސްކޫލުން ކަނޑައަޅާ ގަޑިއަށް ނާސްތާ ދިނުމަށް ބޭނުންވާ ތަކެތި ސްކޫލަށް ގެންދަންވާނެއެވެ. | 
| 50.2. | ކާބޯތަކެތި ތައްޔާރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދަރިވަރުންނަށް ދޭންޖެހޭ ނާސްތާ ތައްޔާރުކުރަންވާނެއެވެ. | |
| 
 | 50.3. | ކާބޯތަކެއްޗާއި ތަނުގެ ސާފު ތާހިރުކަން ކަށަވަރު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ. | 
| 
 | 50.4. | ތަކެތި ތައްޔާރުކުރާ މުވައްޒަފުންގެ ސާފުތާހިރުކަމާއި، ސިއްޙީ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތައް ހިފެހެއްޓުން. އަދި އެކަން ޚިދުމަތްދޭ ފަރާތުން ކަށަވަރުކުރަމުން ގެންދަންވާނެއެވެ. | 
| 
 | 50.5. | ތައްޔާރުކުރާ ތަކެތި ދީފައިވާ މެނޫއާއި އެއްގޮތަށް ތައްޔާރުކުރަންވާނެއެވެ. | 
| 
 | 50.6. | ދަރިވަރުންނާ ހަމައަށް ފޯރުކޮށްދޭ ކާބޯތަކެއްޗަކީ، ކެއުމަށް ރައްކާތެރި، އަދި ތާޒާ ތަކެތިކަން ކޮންމެ ދުވަހަކު ކަށަވަރު ކުރަންވާނެއެވެ. | 
| 
 | 50.7. | ދަރިވަރުންނަށް ކާބޯތަކެތި ތައްޔާރުކުރުމަށް ރައްކާކޮށްފައި ބަހައްޓާ ހުރިހާ ތަކެއްޗެއް ރައްކާކޮށްފައި ހުންނަންވާނީ، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ގޮތުގެ އުޞޫލުގެ 12ވަނަ މާއްދާގެ (ހ) ގައި ޢާންމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށްކަން ބަލައި ކަށަވަރުކުރުން | 
| 
 | 50.8. | ދަރިވަރުންނާ ހަމައަށް ފޯރުކޮށްދޭ ކާބޯތަކެތި އަޅާފައިވާ ހުންނަ އެއްޗެހީގެ ސާފުތާހިރުކަން ކޮންމެ ދުވަހަކު ކަށަވަރުކުރުން | 
| 
 | 50.9. | ކާބޯތަކެތި އުފުލުމަށް ބޭނުންކުރާ އުޅަނދުގެ ސާފުތާހިރުކަން ކޮންމެ ދުވަހަކު ކަށަވަރުކުރުން | 
| 
 | 50.10. | ކާބޯތަކެތި އުފުލާއިރު ސާފުތާހިރުކަމާއެކު އުފުލުން | 
| 
 | 50.11. | ދަރިވަރުންނަށް ނާސްތާ ދިނުމަށް ތަކެތި ގެންދިއުމަށް ސްކޫލުން ކަނޑައަޅާފައިވާ ގަޑިއަށް ކޮންމެ ދުވަހަކު ތަކެތި ގެންދިއުން | 
| 
 | 50.12. | ދަރިވަރުންނަށް ނާސްތާ ދިނުމަށް ދަތިވެދާނެ ނުވަތަ ލަސްވެދާނެ އެއްވެސްކަމެއް ނުކުރުން | 
| 
 | 50.13. | ނާސްތާއަށް ސްކޫލަށް ގެންދާ ކާބޯތަކެތި އަޅާފައި ހުންނަ ތަކެތި ނާސްތާގެ ކަންތައްތައް ނިމުމުން ލަސްނުކޮށް އަނބުރާ ގެންދިއުން | 
| 
 | 50.14. | ޚިދުމަތްދޭ ފަރާތުގެ އިހްމާލުން ނުވަތަ ކޭޓަރިންގެ ޚިދުމަތް ދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފަކު ކުރާ ކަމެއްގެ ނަތީޖާއިން، ދަރިވަރުންނަށް ނާސްތާ ނުދެވިއްޖެނަމަ ނުވަތަ ނާސްތާ ދިނުމަށް ދަތިވެއްޖެނަމަ ނުވަތަ ނާސްތާ ދިނުމަށް ލަސްވެޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ކޭޓަރިންގެ ޚިދުމަތްދޭ ފަރާތުން ފުރިހަމައަށް އުފުލުމާއެކު، ދަރިވަރުންނަށް ނާސްތާ ދިނުމަށް ސްކޫލުން ކުރަންޖެހޭ ހުރިހާ ޚަރަދުތައް ޚިދުމަތް ދޭ ފަރާތުން ދިނުން | 
| 
 | 50.15. | ދަރިވަރުންނަށް ނާސްތާ ދިނުމަށް ދަތިވެދާނެ ޙާލަތެއްގައި، ދަރިވަރުންނަށް ނާސްތާ ދިނުމުގެ ބޭނުމުގައި، ކޮންމެ ދަރިވަރެއްގެ ބޮލަކަށް ޖެހޭ ޢަދަދުން 5 ދުވަހުގެ ނާސްތާއަށް ޖުމުލަ ހިނގާނެ ޚަރަދުގެ ފައިސާ ސްކޫލަށް މަސްފެށުމުގެ ކުރިން އެޑްވާންސްކޮށް ޖަމާކޮށްފައި ބެހެއްޓުން. އަދި ދަރިވަރުންނަށް ނާސްތާ ދިނުމަށް ދަތިވެއްޖެނަމަ، އެ ފައިސާއިން ޚަރަދުކުރުމަށް އެއްބަސްވެ ލިޔުމެއް ސްކޫލަށް ދިނުން | 
| 
 | 50.16. | ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ގޮތުގެ އުޞޫލުގެ ޖަދުވަލު 5.1 ގައި ބަޔާންކުރާ ކާބޯތަކެތި ތައްޔާރުކުރިގޮތް ބަޔާންކުރާ ފޯމް ފުރިހަމަކޮށް ނާސްތާ ޕެކްތަކާއެކު ސްކޫލާ ޙަވާލުކުރުން | 
| 
 | 50.17. | ޕްރޮގްރާމާ ގުޅިގެން ސްކޫލުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގާ އެންގުންތަކަށް ފުރިހަމައަށް ޢަމަލުކުރުން | 
| 
 | 50.18. | ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު ބައިވެރިއެއްގެ ދައުރު އަދާކުރުން | 
| 
 | 50.19. | ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ލޓޑ (އެސް.ޓީ.އޯ) ން ސަޕްލައިކުރާ ކިރު، ގުދަންކޮށް ބަލަހައްޓައި(މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ މިންގަނޑަށް) ، ނާސްތާ ޕެކާއެކު ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. | 
| 
 | 50.20. | އެއްވެސް ސަބަބަކާއިހުރެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ލޓޑ (އެސް.ޓީ.އޯ) މެދުވެރިކޮށް ކިރު ނުލިބިއްޖެނަމަ، ދެފަރާތުން އެއްބަސްވާ ރޭޓަކަށް ދަރިވަރުންނަށް ނާސްތާ ދިނުމަށް ބޭނުންވާވަރަށް ކިރު ހޯދުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. | 
| 51. ނާސްތާއަށް ދޭނެ ތަކެތި (މެނޫ) ކަނޑައެޅުން | 51.1. | މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ފޯރުކޮށްދޭންވަނީ "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ގޮތުގެ އުޞޫލު" ގެ 8 ވަނަ މާއްދާގައި ބަޔާންކުރާ މެނޫތަކެވެ. މިމެނޫތައް ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. | 
| 52. ނާސްތާ ޕެކް ލޭބަލް ކުރުން | 52.1. | މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭތަކެތި ހުންނަންވާނީ، "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ގޮތުގެ އުޞޫލު" ގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. | 
| ނާސްތާއަށް ދަރިވަރުންނަށް ލިބޭ ތަކެތީގެ ތާޒާކަން ކަށަވަރުކުރުން | 52.2. | މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ލިބޭ ތަކެތީގެ ތާޒާކަން ކަށަވަރުކުރުމަށް،"ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ގޮތުގެ އުޞޫލު" ގެ 10 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ކަށަވަރު ކުރަންވާނެއެވެ. | 
ނާސްތާ މެނޫ
ތައާރަފް:
ހެނދުނުގެ ނާސްތާއަކީ ދުވާލުގެ އެންމެ މުހިންމު ކެއުމެވެ. ހެނދުނުގެ ނާސްތާގެ ސަބަބުން ދަރިވަރުން ކުލާހުގައި ހަރަކާތްތެރިވާ މިންވަރާ އަދި ސިކުޑިން ބޭނުންކޮށްގެން ކުރާމަސައްކަތްތަށް ކުރުމުގައި ދަރިވަރުން ހަނދާންކުރަން ބޭނުންވާ މަޢުލޫމާތު ހަނދާނަށް ގެންނަން ފަސޭހަވެއެވެ. އަދިހަމައެހެންމެ ކުލާހުގައި ހިނގާކަންތައްތަކަށް ދޭންޖެހޭ އަހަމިއްޔަތުކަން އިތުރުކުރުވައެވެ. މީގެ އިތުރުންވެސް ރަނގަޅު ނާސްތާއެއް ކޮންމެ ދުވަހަކު ބޭނުންކުރާނަމަ ދަރިވަރުން ހެދިބޮޑުވަމުން އަންނައިރު، އެދަރިވަރުންގެ ހަށިގަނޑުގެ ކަށިތަކާއި މަސްތަކާއި ހުޅުތައް ވަރުގަދަ ކޮށްދިނުމަށް މަގުފަހިކޮށްދޭތީ، ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދެއެވެ.
ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުން، ދަރިވަރުންގެ ހާޒިރީ ރަނގަޅުވެ، ސްކޫލުގެ ހަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުވެ، އުނގެނުމުގައި ހާސިލްވާމިންވަރު އިތުރުވެގެންދެއެވެ.
ހެނދުނުގެ ނާސްތާ މެނޫ (މެނޫ ސެޓް 1)
ތިރީގައި އެވަނީ ހެނދުނުގެ ނާސްތާއަށް ދަރިވަރުންނަށް ދޭނޭ ކާނާގެ މެނޫތަކެވެ.
| މެނޫ 1 ރޮށި / ޕާން ބިސްގަނޑު ކިރު 
 | މެނޫ 2 ރޮށި / ޕާން ފަތު މަސްހުނި ކިރު 
 | މެނޫ 3 ރޮށި / ޕާން ތަރުކާރީ މަސްހުނި ކިރު 
 | މެނޫ 4 ރޮށި / ޕާން ބަރަބޯ މަސްހުނި ކިރު 
 | މެނޫ 5 
 ރޮށި / ޕާން ބަށި މަސްހުނި ކިރު 
 | 
| މެނޫ 6 
 ބޭކަޑް ބީންސް ރޯލް ކިރު 
 | މެނޫ 7 ބިސް ސޭންޑްވިޗް ކިރު 
 | މެނޫ 8 ޓޫނާ ސޭންޑްވިޗް/ ކިރު 
 | މެނޫ 9 ޗީޒް ސޭންޑްވިޗް ކިރު 
 | މެނޫ 10 ޕާން ޕީނަޓް ބަޓަރ ކިރު 
 | 
ރެސިޕީ ކާޑު
2 1
| ރޮށި ބިސްގަނޑު 
 ބިސްގަނޑު ރެސިޕީ 
 
 | 
| ރޮއްޓާއި ފަތު މަސްހުނި 
 މަސްހުނި ރެސިޕީ 
 ނޯޓް: ލެޓިއުސް/ކޮޕީ ފަތް/ ކަންކުންފަތް/އަނބުޅަފަތް/ކުއްޅަފިޔާ ފަތް ފަދަ ރޮށިތެރެއަށް މަސްހުނި އަޅާ، އޮޅާލައިފައި ރޮށި ރޯލެއް ހަދާ ފައި ޕެކް ކުރުމަށް | 
ރެސިޕީ ކާޑު
| ރޯލްޑް ބޭކްޑްބީން ރޮށި 
 ހަދަން ބޭނުންވާ ތަކެތި 
 
 
 
 | 
| ރޮށި ތަރުކާރީ މަސްހުނި 
 ހަދަން ބޭނުންވާ ތަކެތި 
 ނޯޓް: ބަރަބޯ / ބަށި / ކެރެޓު ފަދަ ތަރުކާރީ ބޭނުންކުރެވިދާނެ ރޮށިތެރެއަށް މަސްހުނި އަޅާ، އޮޅާލައިފައި ރޮށި ރޯލެއް ހަދާފައި ޕެކް ކުރުމަށް | 
3 4
33
ރެސިޕީކާޑު
| ރޮށި އާދައިގެ މަސްހުނި 
 ހަދަން ބޭނުންވާ ތަކެތި 
 ރޮށިތެރެއަށް މަސްހުނި އަޅާ، އޮޅާލައިފައި ރޮށި ރޯލެއް ހަދާފައި ޕެކް ކުރުމަށް | 
| ޓޯސްޓީ އެގްވެޖް ބްރެޑް 
 ހަދަން ބޭނުންވާ ތަކެތި 
 
 
 
 | 
5 6
ރެސިޕީ ކާޑު
| މަސް (ޓޫނާ) ސޭންޑްވިޗް 
 ސޭންޑްވިޗު ހަދަން ބޭނުންވާ ތަކެތި 
 
 | 
| ބިސް ސޭންޑްވިޗް 
 ސޭންޑްވިޗު ހަދަން ބޭނުންވާ ތަކެތި 
 | 
7 8
7
ރެސިޕީ ކާޑު
10 9
| ޕީނަޓްބަޓަރ ޕާން 
 ހަދަން ބޭނުންވާ ތަކެތި 
 
 
 
 | 
| ޗީޒް ސޭންޑްވިޗް 
 ޗީޒް ސޭންޑްވިޗް ހަދަން ބޭނުންވާ ތަކެތި 
 
 
 
 | 
ނޯޓް:
ü އަދަދު: ރޮށި ހިމެނޭ ކޮންމެ މެނޫއެއްގައި 2 ރޮށި ހިމަނަން ވާނެއެވެ. އަދި ޕާން ހިމެނޭ ކޮންމެ މެނޫއެއްގައި 2 ފޮތި ޕާން ހިމަނަން ވާނެއެވެ.
ü ކިރު: ކިރު ހުންނަންވާނީ ފުލްކްރީމް 75 ނުވަތަ 100 ނުވަތަ 180 އެމް އެލްގެ ކުދި ޕަކެޓެވެ.
ü ބަންދު ކުރުން: ރޮށި ހިމެނޭ ކޮންމެ މެނޫއެއްވެސް ރޮއްޓާ ޖަހައިގެން ކާނެ އެއްޗެއް ރޮށީގެ ތެރެއަށް އެޅުމަށްފަހު ރޮށި އޮޅާލައި (ރޮށި ރެޕެއް) ކިޗަން ޕޭޕަރުން މިނަމޫނާއާއި އެއްގޮތަށް ބަންދު ކޮށްފައެވެ.
ރޮށިބަންދުކުރާގޮތުގެ ނަމޫނާ
ü ޕާން: ޕާން ހިމެނޭ ކޮންމެ ބާވަތެއްވެސް ހުންނަންވާނީ ކިޗަން ޕޭޕަރުން ބަންދު ކޮށްފައެވެ.
ސޭންޑުވިޗު ބަންދުކުރާގޮތުގެ ނަމޫނާ
ü ޑެލިވަރ ކުރުން: ކޮންމެ ދަރިވަރެއްގެ ނާސްތާ ސްކޫލަށް ގެންނަންވާނީ ފުޑްގްރޭޑް ކަރުދާސް ކޮތަޅުގައި ބަންދުކޮށް އެކޮތަޅުގައި ހިމެނޭ ނާސްތާ ލޭބަލްކޮށްގެންނެވެ.
ހެނދުނުގެ ނާސްތާ މެނޫ (މެނޫ ސެޓް 2)
| މެނޫ 1 | މެނޫ 2 | 
| 1 ފެނު ކެއްކި ބިސް / ބިސްގަނޑު 1 މެދުމިނުގެ ދޮންކެޔޮވަކެއް 1 ކިރު ޕަކެޓު | 1 ފެނު ކެއްކި ބިސް / ބިސްގަނޑު 1 އާފަލު 1 ކިރު ޕެކެޓު | 
| 
 | 
 | 
| މެނޫ 3 | މެނޫ 4 | 
| 1 ފެނު ކެއްކި ބިސް / ބިސްގަނޑު 1 ޖޯޑު (250 މލ) ކަރާ ކޮށާފަ (ޕްރީ ސްކޫލް ދަރިވަރުންނަށް ބައި ޖޯޑު؛ 125 މލ) 1 ކިރު ޕެކެޓު | 1 ފެނު ކެއްކި ބިސް / ބިސްގަނޑު 1 އޮރެންޖް (ކޮށާފައި) 1 ކިރު ޕެކެޓު 
 | 
| 
 | 
 | 
| މެނޫ 5 | 
 | 
| 1 ފެނު ކެއްކި ބިސް ބިސްގަނޑު 1 ޖޯޑު (250 މލ) ފަޅޯ ކޮށާފައި (ޕްރީ ސްކޫލް ދަރިވަރުންނަށް ބައި ޖޯޑު؛ 125 މލ) 1 ކިރު ޕެކެޓު | 
 | 
ނޯޓް: މޭވާ ހިމެނޭ ކޮންމެ މެނޫއެއްގައި އެއިރަކު ރަށުން ލިބެންހުންނަ މޭވާއެއް ހަމަޖެއްސިދާނެއެވެ.
ü ބަންދު ކުރުން: ރޮށި ހިމެނޭ ކޮންމެ މެނޫއެއްވެސް ރޮއްޓާ ޖަހައިގެން ކާނެ އެއްޗެއް ރޮށީގެ ތެރެއަށް އެޅުމަށްފަހު ރޮށި އޮޅާލައި (ރޮށި ރެޕެއް) ކިޗަން ޕޭޕަރުން މިނަމޫނާއާއި އެއްގޮތަށް ބަންދު ކޮށްފައެވެ.
ރޮށިބަންދުކުރާގޮތުގެ ނަމޫނާ
ü ޕާން: ޕާން ހިމެނޭ ކޮންމެ ބާވަތެއްވެސް ހުންނަންވާނީ ކިޗަން ޕޭޕަރުން ބަންދު ކޮށްފައެވެ.
ސޭންޑުވިޗު ބަންދުކުރާގޮތުގެ ނަމޫނާ
މޭވާ ކޮށާފައި އަޅާނީ ކަރުދާސް ތަށި މަތިޖަހާފައި ހުންނަ ގޮތަށެވެ.
ü ޑެލިވަރ ކުރުން: ކޮންމެ ދަރިވަރެއްގެ ނާސްތާ ސްކޫލަށް ގެންނަންވާނީ ފުޑްގްރޭޑް ކަރުދާސް ކޮތަޅުގައި ބަންދުކޮށް އެކޮތަޅުގައި ހިމެނޭ ނާސްތާ ލޭބަލްކޮށްގެންނެވެ.
ހެނދުނުގެ ނާސްތާ މެނޫ (މެނޫ ސެޓް 3)
މެނޫ ސެޓް 3 (ކޮންމެ ދަރިވަރަކަށް)
1 ފެނުކެއްކި ބިސް / ބިސްގަނޑު
1 ފުލް ކްރީމް ކިރުޕަކެޓު (200 އެމް އެލް ގެ، އިތުރު ފުލޭވާ އެއް ނާޅާ، ހަކުރު ނާޅާ)
1 ޖޯޑު ހަމަވާވަރަށް (250 އެމް އެލް) މޭވާ
(ޕްރީ ސްކޫލް ދަރިވަރުންނަށް ބައި ޖޯޑު؛ 125 އެމް އެލް)
ނޯޓް: މޭވާގެ ތެރޭގައި ހިމަނާނީ އާފަލު، އޮރެންޖު، ދޮންކެޔޮ، ފަޅޯ ނުވަތަ ކަރައެވެ. މީގެ އިތުރުން އެއިރަކު ރަށުން ލިބެންހުންނަ މޭވާއެއް ހަމަޖެއްސިދާނެއެވެ. ހަފްތާއަކަށް ދަރިވަރުންނަށް ދޭނޭ މޭވާއެއްގެ ތާވަލެއް ހެދުމަށްފަހު، ސްކޫލާ ކޮންޓްރެކްޓަރާ އެއްބަސްވާ ގޮތެއްގެ މަތިން ކޮންމެ ދުވަހަކު މޭވާއެއް ދަރިވަރުންގެ ނާސްތާއަށް ކޮންޓަރެކްޓަރު ފޯރުކޮށްދޭންވާނެއެވެ.
ތަކެތި ދަރިވަރުންނަށް ފޯރުކޮށްދިނުން
- ފެނުކެއްކި ބިސްހުންނަންވާނީ ނޮޅާފަ، ސާފުކޮށްފަ، ދޮވެފައެވެ.
- މޭވާ ހުންނަންވާނީ ދޮވެފަ، ދަރިވަރުންނަށް ކާންފަސޭހަވާނޭ ސައިޒަކަށް ކޮށާފަ(ދޮންކެޔޮ ފިޔަވާ) އެވެ.
- ތަބަކުން މޭވާ ފަސޭހައިން ނެގޭނޭ އާލާތެއް އޮންނަންވާނެއެވެ.
ކޮންމެ 15 ކުއްޖަކަށް ތަބަކެއްގެ ނިސްބަތުން ކޮންމެ ކުލާހަކަށް ބިސް އަދި މޭވާ ވަކިން ތަބަކަށް އަޅާފައި ސްކޫލަށް ފޯރޮކޮށްދޭންވާނެއެވެ.
ދަރިވަރުންނާ ހަމައަށް ގެންދެވެންދެން ބިސް އަދި މޭވާވެސް ހުންނަންވާނީ މަތިޖެހި ބަންދު ކުރެވިފައެވެ.
ހެނދުނުގެ ނާސްތާ މެނޫ (މެނޫ ސެޓް 4)
1 ސޭންޑްވިޗް (2 ފޮތިޕާނުގައި، މެދުންފަޅާފަ، 2 ފަޅި)
1 ފުލް ކްރީމް ކިރުޕަކެޓު (200 އެމް އެލް ގެ، އިތުރު ފުލޭވާ އެއް ނާޅާ، ހަކުރު ނާޅާ)
ނޯޓް: ސޭންޑްވިޗްގެ ބާވަތްތަކުގެ ތެރޭހިގައި ހިމަނާނީ، ޓޫނާ، ބިސް، ޗީސް އެންޑް ޓޮމާޓޯ، ޕީނަޓްބަޓަރު ސޭންޑްވިޗެވެ. ހަފްތާއަކަށް ދަރިވަރުންނަށް ދޭނޭ ސޭންޑްވިޗްގެ ބާވަތްތަކުގެ ތާވަލެއް ހެދުމަށްފަހު، ސްކޫލާ ކޮންޓްރެކްޓަރާ އެއްބަސްވާ ގޮތެއްގެ މަތިން ކޮންމެ ދުވަހަކު ކޮންމެވެސް އެއްވައްތަރުގެ ސޭންޑްވިޗެއް ދަރިވަރުންގެ ނާސްތާއަށް ކޮންޓްރެކްޓަރު ފޯރުކޮށްދޭންވާނެއެވެ.
ސޭންޑްވިޗް ތައްޔާރުކުރުމަށް ރެސިޕީ ކާޑުގެ ގޮތުގައި ބޭނުންކުރާ، މެނޫ ސެޓް 1 ގައި ހިމެނޭ ރެސިޕީ ކާޑެވެ.
ތަކެތި ދަރިވަރުންނަށް ފޯރުކޮށްދިނުން
- ސޭންޑްވިޗް ސްކޫލަށް ގެންދަންވާނީ ތަބަކެއްގައި އަތުރާފަ، ކޮންމެ 15 ކުއްޖަކަށް ތަބަކެއްގެ ނިސްބަތުން ކޮންމެ ކުލާހަކަށް ތަބަކަށް ސޭންޑްވިޗް އަޅާފައެވެ.
ދަރިވަރުންނާ ހަމައަށް ގެންދެވެންދެން، ސޭންޑްވިޗްތައްހުންނަންވާނީ މަތިޖެހި ބަންދުކުރެވިފައެވެ.
އަދި ސޭންޑްވިޗް ތަބަކުން ފަސޭހައިން ނެގޭނޭ އާލާތައް ތަބަކާއެކީ އޮންނަންވާނެއެވެ.
 
                    