ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީން ޕަބްލިކް ސަރވިސް މީޑިއާގެ އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓަށް ދޫކޮށްފައިވާ ބިމުގައި ފެންވަޅެއް ހަދައި ކަރަންޓްލުން

އިއްލާން

ގދ.ފިޔޯރީން ޕަބްލިކް ސަރވިސް މީޑިއާގެ އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓަށް ދޫކޮށްފައިވާ ބިމުގައި ފެންވަޅެއް ހަދައި ކަރަންޓްލުން

އައި.އެސް.ޑީ.ބީ.ޓީ ޕްރޮޖެކްޓަށް މި ރަށުން ދޫކޮށްފައިވާ ބިން ސާފުކުރުމާއި، އެބިމުގައި ފެންވަޅެއް އަދި ކަރަންޓް ކޭބަލެށް އަޅައިދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރ (IUL)422-AD2/422/2018/12 (25 ނޮވެމްބަރ 2018)  ޢިއްލާން ބާޠިލުކޮށް އަލުން އިއްލާން ކުރަމެވެ.

މި މަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 10:30އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 21 މެއި 2019 ވާ އަންގާރަ ދުވަހުގެ 10:30އަށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތަކީ ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެފަރާތަކީ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހިފައިގެން އަންނަ ވިޔަފާރީގެ ވެރިފަރާތުން ވަޑައިގަންނަވާ ފަރާތެއްކަން އެނގޭނޭ ލިޔުމެއްވެސް ހުށަހަޅުއްވަންވާނެއެވެ. އަދި އެ ދެ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވިމެވެ.

03  رمضان  1440

08  މެއި    2019

08 މޭ 2019
ހޯދާ