މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކުޑަދޮރުތަކުގައި ވާޓިކަލް ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

    ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކުޑަދޮރުތަކުގައި ވާޓިކަލް ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަމްބަރ C15C-A/2019/11  އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ، ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކުޑަދޮރުތަކުގައި ވާޓިކަލް ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ. 

    ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 މެއި 16 ވަނަ ދުވަހުގެ 11:00 އަށް ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ލިއުމެއް ހުށަހަޅަން ވާނެއެވެ. އަދި އަމިއްލަ ފަރާތަކުންނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަޞްލު ގެންނަންވާނެއެވެ.

    އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 6540640 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

    އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 20 މެއި 2019 

    އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

    އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓު 

 

12 މޭ 2019
ހޯދާ