މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކަށް ފޮޓޯކޮޕީ މެޝިނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ.

އިޢުލާން

މޯލްޑިވްސް ޕޮލިޓެކްނިކަށް ފޮޓޯކޮޕީ މެޝިނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ.

1. މޯލްޑިވްސް ޕޮލިޓެކްނިކަށް ފޮޓޯކޮޕީ މެޝިނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން

(ނަންބަރު: (IUL)213-PR/1/2019/22) އާއި ގުޅިގެން ބިޑްހުށަހެޅުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުންކަމުގައި ވަތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 9 މެއި 2019 އިން 16 މެއި 2019 އަށް 09:30 އިން 14:30 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގައި ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.

3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 19 މެއި 2019 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ 1 ފަންގިފިލާގެ މީޓިންގ ރޫމްގައެވެ.

5. މި ބީލަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ހީރާސްކުރެވިފައިވާނެއެވެ.

6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މޯލްޑިވްސް ޕޮލިޓެކްނިކް

ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3305429

އީ-މެއިލް: [email protected] 

09 މޭ 2019
ހޯދާ