ދިވެހިރާއްޖެ
ގއ.އަތޮޅު ހޮސްޕިޓަލް
ގއ ވިލިނގިލީ ، ދިވެހިރާއްޖެ
ނަންބަރު:IUL)GAAH/2019/3)
އިޢުލާން
ގއ.އަތޮޅު ހޮސްޕިޓަލުގެ ކޮމްޕިއުޓަރ ޓެކްނީޝަން މަޤާމަށް މީހަކު ހޯދުމަށްޓަކައި 24 މާރޗް 2019 ގައި މި ހޮސްޕިޓަލުގެ (IUL)GAAH/2019/1 ނަންބަރުގެ އިޢުލާނުގައިވާ " ގުޅޭ ވަޒީފާގެ ދާއިރާތައް" މިބައި ހިމެނިފައިނުވާތީ، އެކަން އިޞްލާޙްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރީމެވެ. ގއ.އަތޮޅު ހޮސްޕިޓަލްގެ ކޮމްޕިއުޓަރ ޓެކްނީޝަންގެ މަޤާމަށް ކުރިމަތިލިމުގެ ފުރުސަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުގުވެރިކަން ހުރި ޤާބިލް މީހެކެވެ. |
|
މަޤާމު |
ކޮމްޕިއުޓަރ ޓެކްނީޝަން |
މަޤާމުގެ ނަންބަރު |
J-279605 |
ބޭނުންވާ އަދަދު |
01 |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެމް.އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ޑިވިޝަން / ސެކްޝަން |
އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ޔުނިޓް |
މަޤާމު އޮތް އޮފީސް |
ގއ. އަތޮޅު ހޮސްޕިޓަލް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ގއ. އަތޮޅު ހޮސްޕިޓަލް |
މުސާރަ |
މަހަކު -/5610 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
ސަޕޯޓިންގ ކޯ އެލަވަންސް |
700/- ރުފިޔާ |
އެހެނިހެން އެލަވަންސް |
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
|
މަޤާމުގެ ޝަރުތުތައް |
އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަ މަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅާނީ 20 މެއި 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ގއ. އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެ ސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 މެއި 21 އާއި 2019 މެއި 30 އާ ދެމެދު ގއ. އަތޮޅު ހޮސްޕިޓަލްގައެވެ. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅުއްވާނީ 6820070 ނަމްބަރ ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
09 މެއި 2019
(04 ރަމަޟާން 1440)